ސުޝްމީތާ ސެން އިންސްޓަގްރާމުގައި ހިއްސާ ކުރި ކުއޯޓެއްގެ ސަބަބުން ގިނަ ފޭނުންގެ ސުވާލުތައް ސުޝްމިތާ އާއި ލޯބިވެރިޔާ ރޯމާންގެ ގުޅުމަށް ވަނީ އަމާޒުކޮށްފަ އެވެ. އެގޮތުން މި ދެ ލޯބިވެރިން ވަކިވެއްޖެ ކަމުގެ ވާހަކަ ވަނީ މީސްމީޑިއާގައި އާންމުވެފަ އެވެ.
މި ކުއޯޓަކީ އަންހެންނުން ފިރިހެނުން ދޫކޮށްލާފައި ދިޔުމާ ބެހޭގޮތުން ލިޔެފައިވާ ކުއޯޓެކެވެ. އެގޮތުން މި ކުއޯޓަށް ބަލާލާއިރު، “މައްސަލައަކީ ފިރިހެނަކު ބަދަލު ވެދާނެކަމަށް އަންހެނުން ގަބޫލުކުރުން. އޭނާ ބަދަލެއް ނުވާނެ. އަދި ފިރިހެނުންގެ އެންމެ ބޮޑު ކުށްހީ އަކީ އަންހެނަކު ދޫކޮށްފައި ނުދާނެކަމަށް ގަބޫލުކުރުން. ނަމަވެސް އޭނާ ދާނެ.” މި ކުއޯޓު ހިއްސާ ކުރަމުން ސުޝްމިތާ ލިޔެފައިވަނީ “ފިރިހެނުން ބަދަލެއް ނުވާނެ. އަންހެނުން ދާނެ.” މިހެންނެވެ.
މި ޕޯސްޓާއި އެކު ގިނަ ބެލުންތެރިންގެ ސުވާލަކީ ސުޝްމީތާ އަދި ރޯމާން ޝޯލްގެ ލޯބީގެ ގުޅުން ކެނޑޫނީހެއްޔެވެ؟
ދާދި ފަހުން އިންސްޓަގްރާމުގައި ދައުރުވި ފޮޓޯތަކާއި އެކުގައި މި ހުރިހާ ސުވާލެއްގެ ޖަވާބު ބެލުންތެރިންނަށް ވަނީ ލިބިފައެވެ. މިދިޔަ ހުކުރު ދުވަހު ޕަޕަރާޒީންނަށް ވަނީ ސުޝްމީތާ އާއި ރޯމާން އެކުގައި ފެނިފައެވެ. އަދި މި ދެމީހުން ވަރަށް ލޯބިން އުޅުނު ފޮޓޯތަކެއްވަނީ އާންމުވެފައެވެ. އަދި މި ފޮޓޯތަކާއި އެކުގައި "ލަވް އިޒް އިން ދި އެއާރ" ފަދަ ކޮމެންޓުތައް ލިބިފައިވެއެވެ.
ސުޝްމިތާ އާއި ރޯމަން ރުޅިވެއްޖެ ކަމުގެ ވާހަކަތައް ފެތުރުމުގެ ކުރިން އެދެމީހުން ގެ ކައިވެނީގެ ވާހަކައަކީ ގިނަ ބެލުންތެރިންގެ މެދުގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައެވެ.
މިއާއިއެކު ޓައިމްސް އޮފް އިންޑިއާ އަށް ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ރޯމަން ބުނެފައިވަނީ ސުޝްމިތާ އާއި ދެ ދަރިން ނަކީ މިހާރުވެސް އާއިލާ ކަމަށެވެ.
"ބައެއް ފަހަރަށް އަހަންނަކީ އެ ދެކުދިންގެ ބައްޕަހެން ހީވާ ފަހަރުވެސް އާދޭ، އަދި ބައެއް ފަހަރު އަހަރެންމީ އެދެކުދުންގެ ރައްޓެއްސެއް، އުފާވެރިކަމުގެ ދުވަސްތަކާއި އެހެނިހެން ދުވަސްތައްވެސް ފާއިތު ވޭ އަހަރުމެން ދިރިއުޅެނީ ހަމަ އާދައިގެ އާއިލާއެއް އުޅޭގޮތަށް."
– ރޯމަން
މީގެ އިތުރުން އެމީހުން ކައިވެނި ކޮށްފިނަމަ އެކަން ސިއްރު ނުކުރާނެ ކަމަށްވެސް އިންޓަވިއުގައި ރޯމަން ބުނެފައިވެ އެވެ.