އިދިކޮޅުން ކުރަނީ މުޒާހަރާއެއް ނޫން، އެއީ ލާހޫރުން: ނަޝީދު

އިދިކޮޅުން ކުރަނީ މުޒާހަރާއެއް ނޫން، އެއީ ލާހޫރުން: ނަޝީދު

Author
މުޙައްމަދު ޖިމީ
14 ފެބްރުއަރީ 2021 11:08
0

އިދިކޮޅު ޕީޕީއެމްއިން މާލޭގައި ސިލްސިލާކޮަށް ކުރިއަށް ގެންދާ ހަރަކާތްތަކަކީ މުޒާހަރާއެއް ނޫންކަމަށާއި، އެއީ ލާހޫރުންކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަަމުން އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރަނީ މުޒާހަރާކަމަށް ބުނެ އިދިކޮޅުގެ ހަރަކާތުން ފެންނަނީ އެންމެ ހައެއްކަ މީހުންކަމަށާއި، އެއީ މުޒާހަރާއަކަށްނުވެ ލާހޫރުންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި، މަގުތަކަށް ނުކުމެ ހިންގާ ހަރަކާތުން ފުލުހުންނަށް އަނިޔާވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

މަގުމަތީގައި ހައެއްކަ މީހުން އެބަ ލާހޫރޭ. މި ބުނަނީ މުޒާހިރާއޭ. މުޒާހިރާއަކަށްވެސް ނުވެސްވޭ. އަދި ހަގީގަތުގައި އެކައްޗަކަށް ވެސްނުވޭ. ހައެއްކަ މީހުން މަގުމައްޗަށް ނިކުމެ ލާހޫރުން އެއީ އަޅުގަނޑުމެން ނުދެކެން އެއްވެސް ހާލެއްގައި މުޒާހަރާއެއް ކަމަކަށް.

– އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު

ރައީސް ނަޝިދު ވިދާޅުވީ، އިދިކޮޅުގެ ހަރަކާތަށް އެއްވެސް ތާޢީދެއް ނެތްކަމަށާއި، ރައްޔިތުން ތިބީ އެމްޑީޕީއާއެކު ކުރިއަށްދާންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެމްޑީޕީއަކީ ކޮންބައެއްކަން ނޯޅޭނެކަމަށެވެ. އެމްޑީޕީއަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވި ތަރައްޤީއާއި ކުރިއެރުން ގެނުވި ޕާޓީކަމާއި، މީގެ ކުރިން އެމްޑީޕީން ވެރިކަމުގައި އޮތް އިރުވެސް ރައްޔިތުން ބޭނުންވި އެތައްކަމެއް ހާސިލް ކޮށްދެއްވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
ތިޔަހެން ކި އަމިއްލަ ވެރިކަން ވެއްޓުނުއިރުވެސް. ލާދީނީ ވާހަކަ އޭރުވެސް އަދި މިހާރުވެސް.