ޤަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅޭ ބޭރުގެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑު ސްކޮޑަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ޤަވާއިދާއި ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަދެގެން އުޅެންއުޅޭ ބޯޓު ފެނިފައިވަނީ ހދ.ނައިވައިދޫ ހުޅަނގުން 7 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. މި މަސް ބޯޓާއި ބެހޭ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:42 ހާއިރު އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު މަސްދޯންޏަކަށްކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މަސްބޯޓު ފެނިގެން ރިޕޯޓްކުރީ ހދ.މަކުނުދޫ "ރަންދި" ނަމަކަށް ކިޔާ ދޯންޏަކުންކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ޤަވާއިދާއި ޚިލާފަށް ވަންނަ ބޭރުގެ މަސް ބޯޓުފަހަރު ފެނިގެން މީގެ ކުރިންވެސް ރާއްޖޭގެ މަސް ދޯނުފަހަރުތަކުން ރިޕޯޓްކުރެއެވެ.
ކޮމެންޓު ފޮނުވާ