ދިވެހިން ދީނާ ދުރުކުރުމަށް ސިޔާސީ ބޮޑުން ރާވާ ހިތްވަރުދޭ: އިނާޒް

ދިވެހިން ދީނާ ދުރުކުރުމަށް ސިޔާސީ ބޮޑުން ރާވާ ހިތްވަރުދޭ: އިނާޒް

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2021 11:32
0

ދިވެހި ރައްޔިތުން ދީނާއި ދުރުކުރުމަށް، ސިޔާސީ ބޮޑުން ރާވާއި، ހިތްވަރުދޭކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ ޑރ.އަޙްމަދު އިނާޒް ތުހުމަތުކުރައްވައިފިއެވެ.

އިނާޒް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ފުޓުބޯޅައިގެ ދިގު ތާރީހުގައި ޤައުމަށް ރަންވަނަތަކެއް ހާސިލް ކުރުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވާ ކުޅުންތެރިންނާއި ސޯޝަލް މީޑިޔާގައި ދިމާކޮށް އެމީހުންނަކީ ހަރުކަށި ފިކުރު މީހުންކަމަށްބުނެ ސޫޒަން އިބްރާހިމް ވާހަކަ ދެއްކުމުން، މުޅި ޤައުމު އެކަމާއި ދެކޮޅަށް ތެދުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމަށް އިޝާރާތްކުރައްވާ އިނާޒް ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވިދާޅުވީ، ރާއްޖޭގައި އިސްލާމީވަންތަ ސަގާފަތެއް ދިރުވައި ހަރުދަނާވެދާނެތީ ރައްޔިތުން ދީނާއި ދުރުކުރުމަށް ސިޔާސީ ބޮޑުންތަކެއް ރާވާ ހިތްވަރުދީ، ސިޔާސީ ނިވާފަތްގަނޑުގައި މަސައްކަތްކުރާތާ އަހަރުތަކެއް ވެފައިވާކަމަށެވެ. ބަނގުރާ ޢާންމު ކުރުމަށް މަސައްކަތްކުރި މީހުންގެ އަބުރު، ހާމަކަންބޮޑުކޮށް އެކްޓިވިސްޓުން އަދި މަޖިލިސް މެންބަރުންލައްވާ ސިޔާސީ ނަމުގައި ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ނަގާލަމުންދަނީކަމަށް އިނާޒް ވިދާޅުވިއެވެ.

ތައުހީދަކީ ޓެރަރިސްޓުން ޤަބޫލުކުރާކަމެއްކަމަށް ދައްކަން މަސައްކަތްކުރާކަމަށާއި، ސުންނަތަށް ލޯބިކުރާނަމަ އެމީހަކަށް ޖޯކުޖަހާ، ޚިޔާލު ތަފާތުވުމަކީ ނޫނީ ދީނަށް ގޮވާލުމަކީ އަނެކާގެ އަބުރު ނޫނީ އަނެކާއަށް ﷲ ދެއްވި ހުދޫދުގެތެރެއިން ވާ މިނިވަންކަމަށް އަރައިގަނަންޖެހޭ ސަބަބެއް ނޫނެވެ. އިހުލާސްތެރި ހެޔޮ ބަދަލެއް ބޭނުންވޭ.

އަމިއްލަފުޅު ވިސްނުންކަމަށް ވިދާޅުވެ އިނާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ މާލީ ވަޒީރުކަން ކުރެއްވި އިނާޒް ވިދާޅުވީ، މާލީ ވަޒީރުކަމުގައި ހުންނެވިއިރު އޭނާގެ ތުނބުޅި ބޭލުމަށް އެއިރު މަޖިލިހުގެ އިސް މެންބަރަކު ދެ ފަހަރެއްގެ މަތިން އެދިވަޑައިގެންނެވިކަމަށެވެ.

2011 ވަނަ އަހަރު އަޅުގަނޑު ވަޒީރުކަމުގައި ހުރިއިރު 2 ފަހަރު ތުނބުޅި ބޭލުމަށް ސީނިއަޔ މަޖިލިސް މެންބަރަކު އެދުނު. ސިޔާސީ ނިވަލުގައި ތިބި ލާދީނީ މީހުންތައް ސުނަތަށް ލޯބިކުރުމުގެ ނަމުގައި އުޅުއްވާ ބައެއް ބޭފުޅުންވެސް އެހެން މީހުންނަށް އިހުތިރާމްކުރަންޖެހޭ.

– އެމްޑީޕީގެ ފުރަތަމަ މާލީ ވަޒީރު ޑރ.އަޙްމަދު އިނާޒް

އިނާޒް ވިދާޅުވީ، ދައުލަތުގެ އިސް މަޤާމުތަކުގަ އާއި ސިޔާސީ ވެރިންގެ ތެރޭގައިވާ ބޮޑެތި ކުއްވެރިންނާއި ގުޅިގެން ސިޔާސީ ފައިދާއަށް ބޮޑެތި ކުއްވެރިންނާއި "ޑީލް" ހެދުން ހުއްޓެންޖެހޭކަމަށެވެ. އަދި ކަމެއް ވާއިރަށް ޓްވީޓެއްކުރުމަކުން ނުފުދޭކަމަށްްވެސް އިނާޒް ވިދާޅުވިއެވެ.

އިނާޒް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި އަންނަނީ ފާޅުކަންބޮޑުގޮތެއްގައި ބައެއް ފަރާތްތަކުން ޚިޔާލުފާޅުކުރަމުންނެވެ. އަދި ދީނުގައި ހުކުމް ކަނޑައަޅާފައިވާ ކަންކަމާ ދެކޮޅަށް ވާހަކަ ދެއްކުންވެސް ވަނި އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.