ކޯވިޑް-19ގެ ވެކްސިން ދީގެން މަރާލަން އުޅުއްވާނެކަމެއް ނެތްކަމަށް ވިދާޅުވުމަށްފަހު، ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވެކްސިން ޖެއްސެވުމަށްފަހު ހުރިހާ އެންމެން ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވައިފިއެވެ.
މީގެ ކުރިން މުސްޠަފާ ވަނީ ކޯވިޑް-19ގެ ވެކްސިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެކްސިން ނުޖައްސަވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެކްސިން ނުޖައްސަވާތީކަމަށާއި، ވެކްސިން ޖަހައިގެން އެމަނިކުފާނު [މުސްޠަފާ] މަރާލަން ނޫޅުއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އޭނާ މިހެން ވިދާލޫވީ މިދޔަ މަހުގެ28 ވަނަ ދުވަހުއެވެ.
ރައީސް ވެކްސިން ނުޖައްސަވާ އަޅުގަނޑަށް ވެކްސިން ދީގެން މަރާލަން އުޅުއްވާނެކަމެއް ނެތް: މުސްޠަފާ
ނަމަވެސް މިއަދު ވެކްސިން ޖެއްސެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވަނީ ޑަބްލިއުއެޗްއޯ އިން އޮކްސްފޯޑް އެސްޓަރަޒެނެކާ ވެކްސިން އެޕްރޫވްކުރުމުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވާކަމަށެވެ. ސިޔާސީ ފިކުރު އެއްފަރާތްކޮށް މުޖުތަމަޢު އަދި ނަސްފުގެ ރައްކާތެރިކަން އިސްކޮށް މިބަލިމަޑުކަމުން އަރައިގަތުން މުހިންމުކަމަށްވެސް މުސްޠަފާ ވިދާޅުވިއެވެ. އޭނާވަ ވަނީ ވެކްސިން ޖެހުމުގެ އިންތިޒާމްތައްވެސް ރަނގަޅުކަމަށް ވިދާޅުވެފައެވެ.
WHO inn Oxford-AstraZeneca Vaccine Approve kurumun Alhugandu Ves Eh Vaccine ge Furathama Dose Dhemme Jahaifin! Siyaasee Fikuru Eh Faraaiy Koh Mujuthamau Adhi Nafsu ge Rakkaa theri kan Iskoh mi Bali Madu Kamun Arai Gathun Muhimmu. Vaccine Jehumuge Inthizaam Hama OK. @HPA_MV pic.twitter.com/K8KZi5JRTR
— Mohamed Musthafa (@Thimarafushi) February 13, 2021
އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަން ހާމަކޮށްފަ އެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށްވާނެކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަން އެއެޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ