މާލޭ ރައްޔިތުން އެކަނި ދޫކޮށް ނުލާނެކަމަށް ވިދާޅުވެ ރުކުމާގެ ތާޢީދު މުޢިއްޒުއަށް

މާލޭ ރައްޔިތުން އެކަނި ދޫކޮށް ނުލާނެކަމަށް ވިދާޅުވެ ރުކުމާގެ ތާޢީދު މުޢިއްޒުއަށް

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2021 01:42
0

މާލެސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު މާލެސިޓީގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެ، ހެންވޭރު ދެކުނުު ދާއިރާގެ ކުރީގެ މެންބަރު އަދި ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ޑރ.މުޙައްމަދު މުޢިއްޒުއަށް ތާޢީދުކުރައްވައިފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޢިމާރާތްކުރި7000 ހައުސިންގ ފްލެޓްގެ މައްސަލަ ބެލުމަށް މިސަރުކާރުން އެކުލަވާލި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން، ފްލެޓް ދޫކުރި ގޮތާއި މެދު ޢާންމުންގެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނިކޮށް، ރުކުމާ ކުރެއްވި ޓްވީޓެެއްގައި ވަނީ ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ކުރިން ދީފައިވާ ޕޮއިންޓް މަޤްބޫލު އުޒުރެއް ނުދެއްކި މަދުކޮށްފައިވާތީ އެކަމާއި ހިތްހަމަނުޖެހޭ ފަރާތްތަށް ކުރި އިހުތިޖާޖުގައި މާލެ މޭޔަރު ކެނޑިޑޭޓް ޑރ.މުޢިއްޒު ބައިވެރިވުމަކީ މާލޭ ރައްޔިތުން އެކަނި ދޫނުކޮށްލާނެ ކަމުގެ އަލިގަދަ ހެއްކެއްކަމަށް ވިދާޅުވެފައެވެ. އަދި ޑރ.މުޢިއްޒުއަށް ވޯޓް ދެއްވުމަށް ރުކުމާ ވަނީ މާލޭގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މިސަރުކާރުން ފްލޓްތައް ދޫކުރި ގޮތާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފްލެޓް ދިނުމުގައި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކަށް އިސްކަން ދީފައިވާކަމަށާއި، އެންމެ ހާލުގައި އުޅޭ މީހުންނަށް ފްލެޓް ނުލިބޭކަމުގެ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ.

ރުކުރާ ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ހުރި މައްސަލަތަކަށް ޙައްލެއް ގެނެވޭނެ މީހަކީ ޑރ.މުޢިއްޒުކަމަށެވެ. ޚާއްޞާކޮށް ބޯހިޔާވަހިކަމަށް ހައްލެއް ގެނުވައިދޭނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާލުވިއެވެ.

ރުކުމާގެ މި ޓްވީޓަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޑރ.މުޢއްޒުއަށް ރުކުމާ ތާއީދުކުރައްވާފައިވާއިރު، އޭނާ ހެންވޭރު ދެކުނުު ދާއިރާގެ މެންބަރުކަމާއި، ސިޓީ ކައުންސިލްގެ މެންބަރުކަން ފުރިހަމަކުރައްވާފައިވަނީ އެމްޑީޕީގެ ހައިސިއްޔަތުގައެވެ.

އެމްޑީޕީގެ ޓިކެޓްގައ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ އެޕާޓިގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްޞައްތާރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.