ކޯވިޑް-19 : ކޯވިޑްގައި ރާއްޖެއިން އަނެއްކާވެސް އިތުރު މަރެއް

ކޯވިޑް-19 : ކޯވިޑްގައި ރާއްޖެއިން އަނެއްކާވެސް އިތުރު މަރެއް

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2021 12:46
0

ކޯވިޑް-19ގައި ފަރުވާދެމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 58 ވަނަ މީހާއެވެ. އެޗްއީއޯސީން ބުނީ ރޭ ދަންވަރު 03:17 ހާއިރު ނިޔާވެފައިވަނީ އައިޖީއެމްއެޗް އިމަޖެންސީއަށް ގެންދިޔަ ބަލި މީހެއްކަމަށާއި، އޭނާގެ މަރަކީ ކޯވިޑްގެ މަރެއްކަމަށް ކަނޑައަޅާފައިވާކަމަށެވެ. ނިޔާވެފައިވަނީ ދިވެހި އަންހެނެކެވެ.

މިއީ24 ގަޑިއިރުގެ ތެރޭގައި ނިޔާވި 2 ވަނަ މީހާއެވެ. މިއީ މިއަހަރުގެ މިހާތަނަށް މިބަލީގައި ނިޔާވި 10 ވަނަ މީހާއެވެ. ރާއްޖޭގައި ކޯވިޑް-19ޖެހިގެން ނިޔާވި 58 މީހުންގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، މިބަލީގައި ހޮސްޕިޓަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެހެންކަމުން މިބަލީގަިއި ނިޔާވާ މީހުންގެ ޢަދަދު އިތުރުވެދާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން އަންނަނީ ފާޅުކުރަމުންނެވެ. މިހާރުވެސް ރެކޮޑް ޢަދަދަކަށް މިބަލީގައި މީހުންނަށް ފަރުވާ ދެމުން އަންނައިރު، 200އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.