ކޯވިޑް-19: އެޑްމިޓްކުރާނެ ޖާގަ ފުރެނީ، މަރުވާ މީހުންގެ ޢަދަދު އިތުރުވެދާނެކަމުގެ އިންޒާރު

ކޯވިޑް-19: އެޑްމިޓްކުރާނެ ޖާގަ ފުރެނީ، މަރުވާ މީހުންގެ ޢަދަދު އިތުރުވެދާނެކަމުގެ އިންޒާރު

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2021 11:41
0

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ، ހާލު ބޮޑުވާ މީހުން އެޑްމިޓް ކުރާނެ ޖާގަ ނުހުރެދާނެކަމުގެ އިންޒާރު އަނެއްކާވެސް ޑޮކްޓަރުން ދެއްވައިފިއެވެ.

ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ހެޑް އަދި އެތެރެހަށގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރު ޢަލީ ލަޠީފް ވިދާޅުވީ، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެގެން އަންނައިރު، އެކަމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށެވެ. އެގޮތުން ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެ އެވްރެޖުކޮށް ދުވާލަކު 15މީހުން އެޑްމިޓްކުރަންޖެހޭކަމަށާއި، ބައެއް ދުވަސްދުވަހު 30 މީހުންވެސް އެޑްމިޓް ކުރަންޖެހޭކަމަށް ޑޮކްޓަރ ޢަލީ ލަޠީފް ވިދާޅުވިއެވެ. އެހެންކަމުން އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު މިގޮތަށް އިތުރުވާނަމަ، ހޮސްޕިޓަލްގެ ޖާގަތައް ފުރި، ގޭގައ ބައިތިއްބައިގެންވެސް ފަރުވާދޭންޖެހިދާނެކަމުގެ އިންޒާރު ޑޮކްޓަރ ދެއްވިއެވެ.

ޑޮކްޓަރ ވިދާޅުވީ، އަތޮޅުތެރޭގައިވެސް ކޭސްތައް އިތުރުވަމުން އަންނައިރު، ފަރުވާ ދިނުމަށް ތިބީ އެއް ބައެއްކަމަށާއި، މާލެ ސަރަހައްދުގެ ސިއްޙީ ޚިދުމަތްތެރިން އަތޮޅުތަކަށް ދާންޖެހިއްޖެނަމަ އެކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށެވެ. ރާއްޖޭގައިވެސް ކޯވިޑްގެ އައު ވޭރިއަންޓް އުޅޭތީ ޕޮޒިޓިވްވާމީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަަގަކުރައްވާ ޑޮކްޓަރ ޢަލީ ލަޠީފް ވިދާޅުވީ، މިގޮތަށް ކޭސްތައް އިތުރުވާނަމަ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަންޖެހިދާނެކަމަށެވެ.

އަބަދުވެސް އިންނާނެ ކޮންމެވެސް ލެވެލްއެއްގައޭ އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ. އެހެންވީމަ އެންދުތައް ޖަހާއިރުވެސް ހުޅުމާލެ ފެސިލިޓީގައި 250 ނުވަތަ 275 ވަރަކަށް އެނދު ޖެހުނަސް ގާތްގަނޑަށް 400 މީހުން ޕޮޒިޓިވްވެއްޖެއްޔާ އެމީހުން ލާނެ ތަންތަން ހޯދަން އުނދަގޫވާނެ

– ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ހެޑް ޑރ.ޢަލީ ލަޠީފް

އެޑްމިޓް ކުރަންޖެހޭ މީހުންނަށް މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި ބާކީ ހުރީ 15 ވަރަކަށް އެނދު ކަމަށާއި ކޭސްތައް އިތުރުވާނަމަ މެނޭޖެއް ނުކުރެވޭނެކަމަށްވެސް ޑޮކްޓަރ ލަޠީފް ވިދާޅުވިއެވެ.

ބައިޑަންގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރެއިން

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުޙައްމަދު ޢަލީ ވަނީ ކޯވިޑްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޑޮކްޓަރ މުޙައްމަދު އަލީ ސިފަކުރެއްވި ގޮތުގައި މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދުމަކީ ވަރަށް ބޮޑަށް މީހާ އެކަނިވެރިކަމުގެ އިހުސާސްވެ، މީހާ އިތުރު ހިތްދަތިކަމެއް އިހުސާސްވާނެ ވަގުތެއްކަމަށް ވިދާޅުވެފައެވެ. އަދި ހިތާމައާއި، ފިކުރުބޮޑުވެ، އެކަމުގައި ވަގުތުތައް ހޭދަކޮށް، މިހާގެ ފުރާނައަށްވެސް ނުރައްކާވާކަމަށް ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ގިނަ ފަހަރަށް ބަލި މީހާ ނޭވާލާން އުނދަގޫވާ އެއް ސަބަބަކަށް މި އޮންނަނީ ފިކުރު ބޮޑުވެ، ނުވަތަ އެންޒައިޓީއާ ހެދި. މިކަހަލަ ހާލަތަކަށް ގޮސްގެން ގިނަ ފަހަރަށް ބަލި މީހާ ނޭވާލާން އުނދަގޫވެގެން ހާލަތު ބޮޑުތަނުން ގޯސްވެގެން ދަނީ.

– ޑރ.މުޙައްމަދު ޢަލީ

ރާއްޖޭގައި މިހާރު މިއޮތީ ކޯވިޑްގެ ތިން ވަނަ ރާޅުކަމަށާއި، ރާއްޖެ މިހާރު މިއޮތީ ދުނިޔޭގެ އެންމެ ހައި ރިސްކު ޤައުމުތަކުގެ ތެރޭގައިކަމަށް ޑޮކްޓަރުން ފާހަގަކުރައްވައެވެ. އަދި ފިޔަވަޅުތަކަށް އަމަލު ނުކޮށްފިނަމަ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވަމުންދާނެކަމަށް ވިދާޅުވެ ޑޮކްޓަރުން ވަނީ ފިޔަވަޅުތަކަށް އަމަލުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައަވެެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.