އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އޭނަގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރުން މުޙައްމަދު ނާޝިޒް ދެކެ ވާލޯބި ލަވައަކުން ބަޔާން ކުރައްވައިފިއެވެ.
ރޮޒައިނާއާއި ނާޝިޒްގެ ކައިވެނީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރޮޒައިނާ ވަނީ ނާޝިޒް ދެކެ ވާ ލޯބި ބަޔާންކުރަންވެސް ނޭނގޭކަމަށާއި، ލޯތްބަށް ބަދަލެއް ނާންނަކަމަށް ވިދާޅުވެފައެވެ. އަދި ނާޝިޒް އަކީ ފިރިމީހާގެ އިތުރުން އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާކަމަށްވެސް ވިދާޅުވެ ރޮޒައިނާ ވަނީ އޭނަގެ އަމިއްލަފުޅު ޅެމެއްގައި ވިދާލުވެފައިވާ ލަވައެއްވެސް ހިއްސާކުރައްވާފައެވެ.

"ވާ ލޯތްބަކަށް ބަދަލެއް ނުވޭ، އެކުގައި އުޅޭން ބޭނުމީ" ލަވާގައި ދެމަފިރިންގެ ލޯބި ދައްކަުވައިދޭ ފޮޓޯތައްވެސް ފެނެއެވެ.
Happy anniversary to the best husband ever, @Mnashiz
Thank you for being there for me always, for being my best friend. I love you more than words can say.‘Vaa loaibakah badhaleh nuvey, ekuga ulhen beynumee…??? ❤️❤️
https://t.co/AicgQNREBY via @YouTube
— ?? ??????? ???? ? (@Roxeyna) February 13, 2021
ރޮޒައިނާގެ ޅެމުގައި ވަނީ، ނާޝިޒްއާއެކުގައި 16 އަހަރުން ފެށިގެން އުޅެމުން އަންނަކަން ފާހަގަކުރައްވާ، އަދިވެސް ގާތުގައި ހުރުމަށް އެދޭކަމަށް ވިދާޅުވެފައެވެ. އަދި ދެމަފިރިން އެކުގައި ހާސިލްކުރަން ބޭނުންވި ކާމިޔާބީ ހާސިލްވެފައިވާކަމަށާއި، އެކަމާއި އުފާކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރޮޒައިނާއާއި ނާޝިޒްގެ ދެމަފިިންގެ ދެ ކުދިން ތިބެއެވެ. އެއީ ފިރިހެން ދަރިކަލަކާއި، އަންހެން ދަރިކަނބަލެކެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވެޑަައިގެންނެވި ދެމަފިރިންގެ ތެރޭގައި ރޮޒައިނާއާއި ނާޝިޒް ހިމެނިވަޑައިގަންނަވާއިރު، ރޮޒައިނާއާއި ނާޝިޒު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މެންބަރުކަން ކުރައްވާފަ އެވެ. ނަމަވެސް 18 ވަނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވައިގެން އެފަހަރުގެ އިންތިހާބުގައި ނާޝިޒަށް ކާމިޔާބުކުރެއްވޭ ގޮތް ވަނީ ނުވެފައެވެ.
ކޮމެންޓު ފޮނުވާ