ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2021 09:32
0

ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުން އައި ޢުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ ރޭ-8:12 ހާއިރުކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުންނެވެ.

މިއީ ކޯވިޑް-19ގައި ރާއްޖޭގައި ނިޔާވި 57 ވަނަ މީހާއެވެ. މިއީ މިއަހަރުގެ މިހާތަނަށް މިބަލީގައި ނިޔާވި 9ވަނަ މީހާއެވެ. ރާއްޖޭގައި ކޯވިޑް-19ޖެހިގެން ނިޔާވި 57 މީހުންގެ ތެރޭގައި ހިމެނެނީ 49 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، މިބަލީގައި ހޮސްޕިޓަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެހެންކަމުން މިބަލީގަިއި ނިޔާވާ މީހުންގެ ޢަދަދު އިތުރުވެދާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން އަންނަނީ ފާޅުކުރަމުންނެވެ. މިހާރުވެސް ރެކޮޑް ޢަދަދަކަށް މިބަލީގައި މީހުންނަށް ފަރުވާ ދެމުން އަންނައިރު، 200އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.