ސިޔާސީ ޕާޓީތަކަށް ފިޔަވަޅު ނާޅާއި، ކޯވިޑް-19ގައި ސަރުކާރައި އެޗްޕީއޭ އިހުމާލުވެގެން މަރުވި މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ގޮވާލައްވައިފިއެވެ.
ޓޮމް މިކަމަށް ގޮވާލެއްވީ، ކޯވިޑް-19ގެ ކޭސްތައް މިހާރު އިތރުވެ ފިޔަވަޅުތައް އަޅަމުންދާއިރު، އިދިކޮޅުން އިއްެ ބޭއްވި މުޒާހަރާއާއި ގުޅިގެން، ސިޔާސީ ޕާޓީތަކަށް ފޔަވަޅު އަޅާންޖެހޭކަމަށާއި، ފުލުހުން އެކަން ކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.
ޓޮމް ވިދާޅުވީ، ފިޔަވަޅު އަޅަންވީ ސިޔާސީ ޕާޓީތަކަށް ނޫންކަމަށާއި، އެޗްޕީއޭގެ އިޙުމާލުން އަވަހާރަވި އެމްއެޗްއޭގެ ދެމަފިރިންގެ މައްސަލައަށް ދައުވާކުރަންވީކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އިހުމާލު އޮވެގެން އަދި ފަރުވާކުޑަކަމުން މަރުވެދިޔަ މީހުންގެ މައްސަލަތައް ނުބަލާނެކަމަށް ހީނުކުރައްވާ
– މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް
ކޯވިޑް-19އާއި ގުޅިގެން ހެދިފައިހުރި ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ހިލާފުވެއްޖެނަމަ ސިޔާސީ ޕާޓީތަކާއިމެދުވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި، ފުލުހުން އެ ފިޔަވަޅުތައް ތަންފީޒުކުރާނެކަމަށް އުންމީދު ކުރައްވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19ޖެހިގެން ފަރުވާ ދެމުންދަނިކޮށް އަވަހާރަވި ހުސައިން އަބްދުﷲ (މަރޮށި ޙުސައިން ޢަބްދުﷲ) ގެ ދެމަފިރިން އަވަހާރަވީ ފަރުވާ ދިނުމުގައި ލަސްތަކެއްވެ އެޗްޕީއޭގެ އިހުމާލުންކަމަށް ކުރިން ވާހަކަ ދެކެވިފައިވެއެވެ. ނަމަވެސް އެޗްޕީއޭއިން އެކަން ދޮގުކުރެއެވެ.
ކޮމެންޓު ފޮނުވާ