ޖިންސީ އަނިޔާގެ މައްސަލަތަކުގައި އިންސާފު ލިބުމުގެ އަސާސަކީ އިޖްރާއަތްތައް ފުރިހަމަކުރުން: ޖެންޑަރ މިނިސްޓަރ

ޖިންސީ އަނިޔާގެ މައްސަލަތަކުގައި އިންސާފު ލިބުމުގެ އަސާސަކީ އިޖްރާއަތްތައް ފުރިހަމަކުރުން: ޖެންޑަރ މިނިސްޓަރ

Author
މުޙައްމަދު ޖިމީ
12 ފެބްރުއަރީ 2021 08:05
0

ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާ އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންޞާފު ޤާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، އެމައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ޤާއިމުކުރުންކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، ޓޫރިޒަމް މިނިސްޓްރިގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ވަހީދު، ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިގަތުމާއި ގުޅިގެން ސަރުކާރާއި، ޕްރޮސެކިއުޓަރ ޖެނެރަލަށް އަދ ިކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ. އަދި މިކަމުގައި އިހުމާލުވާ ބައެއް ހޯދުމަށްވެސް ގޮވާލާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާ އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންޞާފު ޤާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ޤާއިމުކުރުންކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވަށްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް އެ މިނިސްޓްރީގެ މުވައްޒަފުން ގެދިއުމުން، މަޤާމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް ދެންނެވިއެވެ. ނަމަވެސް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން ވަނީ މަޤާމުން ދުރުކުރައްވާފައެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުން، ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައިވާއިރު، ސަރުކާރުން އަލީ ވަޙީދު ފުރުވާލީކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ގެންދެއެވެ. ޖިންސީ އަނިޔާގެ މައްސަލަތަކަށް ސަރުކާރުންގެންގުޅޭނީ ޒީރޯ ޓޮލަރެންސްކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.