ކޮޅުފުށީގެ މޮނިޓަރިންގެ ޙާލަތު އުވާލައިފި

ކޮޅުފުށީގެ މޮނިޓަރިންގެ ޙާލަތު އުވާލައިފި

Author
މުޙައްމަދު ޖިމީ
11 ފެބްރުއަރީ 2021 08:53
0

މުލަކަތޮޅު ކޮޅުފުށީގައި ފެތުރެމުންދިޔަ ކޯވިޑް-19 ކޮންޓްރޯލްކުރެވި އެރަށް މޮނިޓަރިންގެ ޙާލަތުން ނަގައިފިއެވެ. އެރަށް މޮނިޓަރިންގެ ޙާލަތު އުވާލާފައިވަނީ 17 ދުވަހަށްފަހުއެވެ.

ކޮޅުފުށި މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ24 ވަނަ ދުވަހުއެވެ. އެއީ އެރަށުން މާލެ އައި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމުންނެވެ. އަދިއޭގެ ފަހުން އެރަށުން ނެގި ރެންޑަމް 100 ސާމްޕަލްގެތެރެއިން 9 ސާމްޕަލެއް ޕޮއިޓިވްވެފައިވެއެވެ.

ކޮޅުފުށީގެ މޮނިޓަރިންގެ ޙާލަތު އުވާލާފައިވާތީ، މީގެ ކުރިން އެޅި ހުރިހާ ފިޔަވަޅުތައްވެސްވަނީ އުވާލާފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ 40 އަށްވުރެ ގިނަ ރަށުން ކޯވިޑް-19ގެ ކޭސްތައް ފެނިފައިވެއެވެ. މީގެތެރޭގައި ކަރަންޓީނުގައި ތިއްބާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު މީހުން ގިނައެވެ. މިވަގުތުވެސް އަތޮޅުތަކުގައި ބައްޔަށް ޕޮޒިޓިވް 166 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.