ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވަނީ

Author
މުޙައްމަދު ޖިމީ
11 ފެބްރުއަރީ 2021 06:24
0

ހުޅުމާލެ ދެވަނަ ފިޔަވހީގައި މިރޭ ހަވާ އަރުވާނެކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ސިފައިންގެ ސިފްކޯއިން ވިޔަފާރި އުސޫލުން ހުޅުމާލެ ދެވަނަ ފިޔަވހީގައި 5 މިނެޓް ވަންދެން ހަވާ އަރުވަން ހަމަޖެހިފައިވާކަމަށެވެ. މިރޭ ހަވާ އަރުވަނީ އަމިއްލަ ފަރާތަކުން އެދިގެންނެވެ.
މީގެ ކުރިންވެސް މާލޭގައި ވިޔަފާރި އުސޫލުން ހަވާ އަރުވާފައިވެއެވެ. އެގޮތުން ކައިވެނި ހަފްލާއަކަށްވެސް ހަވާ އަރުވައިދީފައިވެއެވެ.

ރާއްޖޭގައި ހަވާ އެރުވުމުގެ ކަންކަން ކުރަނީ ސިފައިންގެ ކުންފުނި ސިފްކޯ އިންނެވެ. އެއީ ސިފްކޯ އިން ވިޔަފާރި އުސޫލުން ކޮށްދޭ ކަމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހިންނަށްނަމަ އެއްމިނެޓަށް ސިފްކޯ އިން ހަވާ އަރުވާ ދެނީ 600 އެމެރިކާ ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 9252 ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

k kinboo
flat bahaa ninmaafa havaa aruvanee. yageen kameh.