އައްޑޫ ސިޓީން ކޯވިޑް-19އަށް ޕޮޒިޓިވް އެކްޓިވް ކޭސްތަކުގެ ޢަދަދު 55 އަށް އަރައިފިއެވެ.
އައްޑޫގައި ކޯވިޑް ދެ ކްލަސްޓަރ ހިމެނޭއިރު، ހުޅުމީދޫ އެމްޓީސީސީ ސައިޓުގެ ކްލަސްޓަރ އިން މިހާތަނަށް 26 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ގުޅިފައިވާ ރަށްތަކުގައި ކޭސް ފެންނަމުންދާ އޭވިއޭޝަން ކްލަސްޓަރ އާއި ގުޅުން ހުރި 28 މީހަކު މިހާތަނަށްވަނީ ފާހަގަކުރެވިފައެވެ. އަދި އޭވިއޭޝަން ކްލަސްޓައިން ކޮންޓެކްޓުންގެ ގޮތުގައި 310 މީހުން ދެނެގަނެވިފައިވެއެވެ. އަދި ހުޅުމީދޫ އެމްޓީސީސީ ކްލަސްޓަރ އާއި ގުޅުން ހުރި، އެކަކަށް ހިތަދޫގައި އަންނަނީ ފަރުވާދެމުންނެވެ.
ފުވައްމުލަކުގައިވެސް ކޯވިޑް-19 އިގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފެބްރުއަރީ 7 ވަނަ ދުވަހު އެރަށުން ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވްވި ކަމަށާއި، ނަމަވެސް ފަހުން އޭގެތެރެއިން އެއް ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި މިހާތަނަށް ކޮންޓެކްޓް ޓްރޭސިންއިން ޕޮޒިޓިވް މީހާ އަކީ ދުބާއީން އައިސް ހޯމް ކަރަންޓީނުގައި ހުރި މީހަކާއި ކޮންޓެކްޓްވި މީހެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާކަމަށާއި، އެކްލަސްޓަރ އާއި ގުޅުން ހުރި 8 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާކަން ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އައްޑޫ ސިޓީގައި ކޯވިޑް ފެތުރޭތ އެރަށް މޮނިޓަރިންއަށް ލައި، އެރަށުގައި ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ކާފިއުވެސް ދަނީ ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ