ކައިވެންޏަށް ފަހު ފުރަތަމަ ފަހަރަށް ނަތާޝާ ބޭރުތެރޭން ފެނިއްޖެ

ކައިވެންޏަށް ފަހު ފުރަތަމަ ފަހަރަށް ނަތާޝާ ބޭރުތެރޭން ފެނިއްޖެ

ނަތާޝާ ދަލާލާއި ވަރުން ދަވަންގެ ކައިވެންޏަށް ފަހު ފުރަތަމަ ފަހަރަށް ނަތާޝާ ބޭރުތެރެއިން ފެނިއްޖެއެވެ. ނަތާޝާ ފެނިފައިވަނީ ވަރަށްވެސް އާދައިގެ ގޮތަކަށެވެ. މިދިޔަ އަންގާރަ ވަނަ ދުވަހު ނަތާޝާ ފެނިފައިވަނީ ކަޅުކުލައިގެ ސްވެޓާއަކާއި ޖީންސެއް ލައިގެން، ކާރަކުން ފައިބަނިކޮށެވެ.

ނަތާޝާ އަދި ވަރުން ގެ ކައިވެނި ކޮށްފައިވަނީ ޖެނުއަރީ 24 ވަނަ ދުވަހުގައެވެ. އަލީބާގްގެ "ދަ މެންޝަން ހައުސް" ގައި މި ކައިވެނި ކޮށްފައިވާއިރު، ކޮރޯނާ ގެސަބަބުން މި ހަފްލާގައި ބައިވެރިވެފައިވަނީ ހަމައެކަނި އާއިލާ އާއި މަދު މެހެމާނުން ކޮޅެކެވެ.

ކައިވެނީގެ ހަފްލާއަށް ފަހު، ވަރުން ވަނީ މި ހަފްލާގެ ފޮޓޯ އޭނާގެ އިންސްޓްގްރާމުގައި އާންމު ކޮށްފައެވެ. އަދި މީގެ އިތުރުން މެހެންދީ އަދި ހަލްދީގެ ފޮޓޯވެސް ވަރުންވަނީ ފޭނުންނާއި ހިއްސާކޮށްފަ އެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

ވަރުންއާއި ނަތާޝާއަކީ ވަރަށް ކުޑައިރުއްސުރެންވެސް އެކުގައި އުޅޭ ދެމީހުންނެވެ. އެގޮތުން 6 ވަނަ ގްރޭޑުން ފެށިގެން މި ދެމީހުންނަކީ ރަހުމަތްތެރިންނެވެ.

ރަހުމަތްތެރިންގެ ގޮތުގައި އެތަކެއް ދުވަހެއް އުޅުމަށް ފަހު ލޯބިވެރިންނަށް ބަދަލުވީ ނަތާޝާ އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރަން އުޅެނިކޮށް ކަމަށް ހެލޯ މެގަޒިންއަށް ދިން އިންޓަވިއު އެއްގައި ނަތާޝާ ބުނެފައިވެއެވެ.

"އަހަރެމެން ދެމީހުންނަކީ ސްކޫލު ދައުރުންސުރެން ފެށިގެން ރައްޓެހިން، އުމުރުން 20 ވަރަކަށް އަހަރު ވީ އިރު ވެސް އަހަރުމެން ދެމީހުންނަކީ ހަމަ ގާތް ދެ ރަހުމަތްތެރިން. މި ގުޅުން އެހެން ގުޅުމަކަށް ބަދަލުވީ އަހަރެން ދިރިއުޅުން ކޮންމެވެސް އެހެންތާކަށް ބަދަލު ކުރަން އުޅުނު ދުވަސްކޮޅެއްގައި، އޭރު އެނގުނީ އަހަރުމެން ދެމީހުންގެ ދެމެދުގައިވަނީ ހަމައެކަނީ ރަހުމަތްތެރިކަމުގެ ގުޅުމެއް ނޫންކަން."

– ނަތާޝާ

ވަރުން ދަވަންވެސް ވަނީ ކޮފީ ވިތު ކަރަންގައި ނަތާޝާއާއި ބެހޭގޮތުން ވާހަކަ ދައްކާފައިއެވެ. އެގޮތުން ވަރުން ބުނެފައިވާ ގޮތުގައި، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ނަތާޝާ ވަނީ އޭނާގެ ދިރިއުޅުމުގައި ކުރިމަތިވި ހުރިހާ ކަމެއްގައިވެސް އޭނާއާއި އެކުގައި ސާބިތުވެ ހުރެފައިއެވެ. އަދި މިއީ ވަރުން ނަތާޝާއާއި އެއްކޮށް އުޅެން ބޭނުންވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *