ހަޤީޤީ ބާއްޖަވެރިކަމަކީ މުދަލާއި، ފައިސާއިން ހޯދޭނޭ އެއްޗެއްނޫން: ޚުތުބާ

ހަޤީޤީ ބާއްޖަވެރިކަމަކީ މުދަލާއި، ފައިސާއިން ހޯދޭނޭ އެއްޗެއްނޫން: ޚުތުބާ

ގުޅުންހުރި

ހަޤީޤީ ބާއްޖަވެރިކަމަކީ މީހަކު ބުނެލާ ބަހަކުން އަދި ފައިސާއަކުން ހޯދޭނޭ އެއްޗެއްނޫންކަމަށް މިއަދު ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާގައި އަލި އަޅުވާލާފައިވަނީ ހަގީގީ ބާއްޖަވެރިކަމަކީ ކޮބައިތޯއާއި، ބާއްޖަވެރިކަން ހޯދުމަށް ކުރެވޭ މަަސައްކަތްތަކާއިމެދު ތަފްސީލީ ގޮތެއްގައި އަލި އަޅުވާލާފައެވެ. ޚުތުބާގައި ބުނެފައިވަނީ މި ދުނިޔޭގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އުފާވެރި، ބާއްޖަވެރި، ދިރިއުޅުމެއް ހޯދުމަށްކަމަށެވެ. އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގު ދީފައި ގަނެވޭނެ އެއްޗެއް ކަމުގައި ވީނަމަ، އެކަން ކުރާނެކަން ކަށަވަރު ކަމަށެވެ.

އުފަލާއި ހިތްހަމަ ޖެހުމަކީ މަޤާމަކުން، މީހަކު ބުނެލާ ބަހަކުން އަދި ފައިސާއަކުން ހޯދޭނޭ އެއް މުސްލިމު އަޚުންނޭވެ! ބާއްޖަވެރިކަމުގެ އަސާސުތައް ދޫކޮށްފައި، ބާއްޖަވެރިކަން ހޯދަން އުޅުމަކީ، ކުރެވޭ މޮޔަ ކަމެކެވެ. ހަޤީޤީ ބާއްޖަވެރިކަން އޭގެ މައްޗަށް ބިނާވެގެންވާ ދެ އަސާސުގައިވާ އީމާންކަމާއި ކިޔަމަންތެރިކަމުގައި ހިފައިގެން ކުރިޔަށް ދިއުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި، ތިޔަ އެންމެހައި ލޮބުވެތި އަޚުންނަށް ވަޞިއްޔަތްކޮށް، ނަސޭޙަތްތެރިވަން.

– ޚުތުބާގައި ބަޔާން ކޮށްފައި ވެއެވެ.

ޚުތުބާގައި ބުނެފައިވަނީ މީސްތަކުންގެ ޚިޔާލާއި ފިކުރު ތަފާތުވެފައިވާ ފަދައިން ބާއްޖަވެރިކަން މާނަކުރުމުގައި މީހުންގެ ވިސްނުން ތަފާތުވެފައި ވާކަމަށެވެ.  އެއްބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދިކަމެވެ. ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްޗެއް ޙާސިލުވުމެވެ. ނުވަތަ މަތީ މަޤާމަކާ ހަމަޔަށް ވާޞިލުވުމެވެ. ނުވަތަ އެކި ރޮނގުރޮގުން ކާމިޔާބީތައް ޙާޞިލުވުމެވެ. ނަމަވެސް އުފެދޭ ސުވާލަކީ ބާއްޖަވެރިކަމަކީ ހަމައެކަނި މިއީ ހެއްޔެވެ؟ މުދާވެރިވުމަކީ ހަމައެކަނި ބާއްޖަވެރިކަމެއް ކަމުގައިވީ ނަމަ، ޤާނޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށް ވާނެ ނޫން ހެއްޔެވެ.

ހަމަކަށަވަރުން ޤާނޫނަކީ މޫސާގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަން ރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ޚަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން ވަރުގަދަ ޖަމާޢަތެއްގެ މީހުންނަށް، އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ.

– ﷲގެ ވަހީ ބަސްފުޅެއްގެ މާނާގައި ވެއެވެ.

މިއަދުގެ ޚުތުބާގައިވަނީ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި މުހިންމު ސުވާލުތަކެއް ކުރިމަތި ކޮށްފައެވެ. އެގޮތުން ފަރްޟު ފަސް ނަމާދު އަދާކުރެވުނު ދުވަހަކާމެދު ވިސްނާލާއިރު ތިބާއަށް، ކުރެވެނީ ކޮން ކަހަލަ އިޙްސާސްތަކެއް ކަމާއި، ފަތިސް ނަމާދަށް ހޭލައި، އެ ނަމާދުގެ ވަގުތުގައި އަދާކުރެވުނު ދުވަހެއްގެ މަތިން ވިސްނާލާއިރު، ތިބާ އަށް ކުރެވެނީ ކޮން ކަހަލަ އިޙްސާސްތަކެއް ތޯ ސުވާލުކޮށްފައިވެއެވެ.

ޤުރްއާނުން އަކުރެއް ކިޔަވާލެވުނު ދުވަހަކާ މެދު ވިސްނާލާއިރު ތިބާއަށް ކުރެވެނީ ކޮން ކަހަލަ އިޙްސާސްތަކެއް ހެއްޔެވެ؟ ރޯދައަށް ހުންނައިރު ތިބާ ހުންނާނީ ކަރު ހިއްކައި، ޖިސްމާނީ ގޮތުން ވަރަށް ވަރުބަލިވެފައެވެ. މުޅި ދުވާލު ތިބާ ރޯދައަށް ހުރުމުން ފެންބޮވައިގަތުމާއި، ކަރުހިއްކުމާއި، ލިބުނު ޖިސްމާނީ ވަރުބަލިކަމާ އެކުވެސް، ރޯދަ ވީއްލާ ހިނދު ތިބާއަށް ކުރެވެނީ ކޮން ކަހަލަ އިޙްސާސްތަކެއް ހެއްޔެވެ؟ އެތައް ބުރަތަކާއި ތަކުލީފުތަކެއް އުފުލައިގެން ވެސް، ޙައްޖު ނުވަތަ ޢުމްރާގެ އަޅުކަން އަދާކޮށް ނިމޭހިނދު، ތިބާއަށް ކުރެވެނީ ކޮންކަހަލަ އިޙްސާސްތަކެއް ހެއްޔެވެ؟ ﷲ ފިޔަވައި، އެހެން ފަރާތަކަށް ނޭނގޭ ގޮތަށް ސިއްރުން، ނިކަމެއްޗަކަށް ދިއްކޮށްލައި، ޞަދަޤާތެއް ކުރެވުނީމާ، ތިބާއަށް ކުރެވެނީ ކޮންކަހަލަ އިޙްސާސެއް ހެއްޔެވެ؟ ފަޤީރަކަށް ކާ އެތިކޮޅެއް ދިއްކޮލައި، މާލީ ގޮތުން އެހީތެރި ކަމެއް ފޯރުކޮށްދެވުނީމާ، ތިބާއަށް ކުރެވެނީ ކޮން ކަހަލަ އިޙްސާސެއް ހެއްޔެވެ.

– ޚުތުބާގާއި ކޮށްފައިވާ ސުވާލުތަކުގެ ތެރޭގައި ހިމެނެއެވެ.

ޙަޤީޤީ ބާއްޖަވެރިކަމަކީ، އަޅާ، ﷲ އަށް އީމާންވެ، ﷲ އެންގެވި ގޮތް އިޚްތިޔާރުކޮށް، އެކަލާނގެ ނަހީކުރެއްވި ކަންކަމާ ދުރުހެލިވުމެވެ. މިދުނިޔޭގައި އުފާވެރި ބާއްޖަވެރި ހަޔާތެއް ހޯދުމަށް ކުރާ މަސައްކަތުގައި ކާމިޔާބާއި ހަމަޔަށް ވާސިލްވެވޭނީ މިކަންކަމުގައި ހިފައިގެންކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ