ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރައީސް އޮފީހުގެ ދެ މަގާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.
އެގޮތުން، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް އައްޔަންކުރެއްވީ ގ. ފިނިވިލު، މުޙައްމަދު ތޮލާލެވެ. އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކުރެއްވީ ގދ. ތިނަދޫ ޝިފާ، އަޙްމަދު ޙަބީބެވެ.
ތޮލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްކަން ފަދަ ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފަ އެވެ.
ޙަބީބް މީގެ ކުރިން ހުންނެވީ ވިލާ އެއާގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގަ އެވެ. އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރުކަމާއި، ވިލާ ހަކަތައިގެ މެނޭޖަރުކަންވެސް ވަނީ ފުރުއްވާފަ އެވެ. ޙަބީބް ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ