ބޭރު ފައިސާއާ ގުޅޭ ދެ ގަވާއިދެއް އިސްލާހުކޮށް، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި

ބޭރު ފައިސާއާ ގުޅޭ ދެ ގަވާއިދެއް އިސްލާހުކޮށް، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި

Author
އަހުމަދު
10 ސެޕްޓެމްބަރ 2026 12:32
0

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދެ ގަވާއިދަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާހު ގެނެސް، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

އިސްލާހު ގެނެވުނު ދެ ގަވާއިދަކީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި، ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދެވެ.

ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައި ބުނާ ގޮތުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި، އަހަރެއްގެ ތެރޭގައި މުދާ ވިއްކައިގެން ނުވަތަ ޚިދުމަތް ފޯރުކޮށްދީގެން 25 މިލިއަން ޑޮލަރު ލިބޭ ކޮންމެ ވިޔަފާރިއަކުން އެމްއެމްއޭގައި ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.

ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދުގައި، ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ހާލަތްތަކާއި، އޮތޯރިޓީގެ ހުއްދަ ހޯދާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، ބޭރު ފައިސާއިން އަދާކުރަން ބަޖެޓްކޮށްފައިވާ ޚަރަދުތައް އެމްއެމްއޭއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން، މާރުކުރަންޖެހޭ އަދަދު މުރާޖައާ ކުރުމަށާއި، ފައިސާ ޖަމާކުރުމާއި މާރުކުރުމުގެ އިލްތިޒާމްތަކުން ލުއި ހޯދުމަށް އެދި ހުށަހަޅާނެ ގޮތްވެސް ވަނީ ސާފުކޮށްދީފައެވެ.

އެމްއެމްއޭއިން ބުނީ، މި ދެ ގަވާއިދަށްވެސް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.