ނެޝަނަލް ޕޭމަންޓް ސުވިޗް ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް

ނެޝަނަލް ޕޭމަންޓް ސުވިޗް ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް

Author
އަހުމަދު
23 އޮގަސްޓް 2026 04:29
0

ރާއްޖޭގައި މިހާރު ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން "ނެޝަނަލް ޕޭމަންޓް ސުވިޗް"ގެ ގޮތުގައި ވަކި ސިސްޓަމެއް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބޭ ގޮތަށް ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލީހުން ފާސްކުރި މި އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފަ އެވެ. އިސްލާހުގެ މަގްސަދަކީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ނެޝަނަލް ޕޭމަންޓް ސުވިޗެއް ގާއިމުކޮށް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމެވެ.

ގާނޫނަށް އިތުރުކުރި މާއްދާގައި ބުނާ ގޮތުން، އެމްއެމްއޭ އިން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަން ޖެހޭނީ އެ އޮތޯރިޓީން ނެޝަނަލް ޕޭމަންޓް ސުވިޗް ކަމަށް ކަނޑައަޅާ ސިސްޓަމް މެދުވެރިކޮށެވެ. އަދި އެ ސިސްޓަމްގައި ރާއްޖޭގައި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން، އެމްއެމްއޭ އިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ބައިވެރިވާން ޖެހޭނެ އެވެ. ބަދަލުވުމުގެ މަރުހަލާގައި އިންތިގާލީ އިންތިޒާމެއްގެ ތެރެއިން ހިދުމަތްދިނުމުގެ ހުއްދަ އެ އޮތޯރިޓީން ދޭނެ އެވެ.

ސަރުކާރުން މިހާރު އިސްކަންދޭ ޕޭމަންޓް ސިސްޓަމަކީ "ފަވަރަ" އެވެ. އިންޑިއާގެ "ޔޫޕީއައި" އާ މިފަހުން ގުޅާލީ ވެސް، އަދި ރާއްޖޭގެ ބޭންކްތަކުގެ މެދުގައި ހިންގާ މުއާމަލާތްތައް ޕްރޮސެސްކުރަނީ ވެސް ފަވަރައިގެ ތެރެއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.