މިއަދު މެންދުރުފަހުން ރާއްޖޭގެ މޫސުން ރަނގަޅުވާނެ: މެޓް

މިއަދު މެންދުރުފަހުން ރާއްޖޭގެ މޫސުން ރަނގަޅުވާނެ: މެޓް

Author
އަހުމަދު
14 އޮގަސްޓް 2026 11:12
0

މިއަދު މެންދުރުފަހުން ފެށިގެން މުޅި ރާއްޖޭގެ މޫސުން ރަނގަޅުވެ، ވިއްސާރަ އަލިވާން ފަށާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު މެންދުރުގެ ކުރިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވި ނަމަވެސް، މެންދުރުފަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުން ވެސް އާންމު ހާލަތަކަށް ބަދަލުވެ، މުޅިން އަލިވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ރޭ ފަތިހު 5:00 އިން ހެނދުނު 10:00 އަށް ހުދު ސަމާލު ވެސް ނެރެފައިވެއެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.