މާލީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަނާޅައި، އާންމުކޮށްފައި ނުވާތީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 30،000 ރުފިޔާއިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ޖޫރިމަނާކޮށްފި އެވެ.
ސީއެމްޑީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މި ޖޫރިމަނާ އެމްޓީސީސީގެ މައްޗަށް އިއްޔެ ކޮށްފައިވަނީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ރިޕޯޓާއި، އެ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ކަނޑައެޅިފައިވާ މުއްދަތުގައި އެ އޮތޯރިޓީއަށް ހުށަހަޅާފައި ނުވާތީ ކަމަށެވެ.
އެ އިއުލާނުގައި ވާ ގޮތުން، މި ފިޔަވަޅު އަޅާފައިވަނީ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާ ބެހޭ ގަވައިދުގެ ދަށުންނެވެ. އެ ގަވައިދުގައިވާ ގޮތުން، ގަވައިދާ ހިލާފުވާ ނުވަތަ ގަވައިދާ އެއްގޮތަށް އަމަލުނުކުރާ ކުންފުނިތަކާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ސީއެމްޑީއޭއަށް ލިބިގެންވެ އެވެ.
ކޮމެންޓު ފޮނުވާ