ޓީމާ ވަކިން މެސީ އާއިލާ ގޮވައިގެން އާޖެންޓީނާއަށް

ޓީމާ ވަކިން މެސީ އާއިލާ ގޮވައިގެން އާޖެންޓީނާއަށް

Author
އަހުމަދު
22 ޖުލައި 2026 05:18
0

ވޯލްޑް ކަޕް ފައިނަލުން ބަލިވި އާޖެންޓީނާ ޓީމާ ވަކިން، ކެޕްޓަން ލަޔޮނަލް މެސީ އަމިއްލަ ޖެޓްގައި އާއިލާ ގޮވައިގެން ގައުމަށް ހިނގައްޖެއެވެ.

ރޮއިޓާސްއިން ބުނާ ގޮތުގައި ސްޕޭން އަތުން ބަލިވި މެޗަށްފަހު ޓީމާއެކު އާޖެންޓީނާއަށް ނުގޮސް މެސީ މަޑުކުރީ އެމެރިކާގައެވެ. މެސީ ދިރިއުޅެނީ ވެސް އެމެރިކާގައި ކަމުން، އެއީ އޭނާ ކުޅެނީ އެމެރިކާގެ އިންޓަ މިއާމީއަށް ކަމަށްވާތީއެވެ. ނަމަވެސް މިއަދު ހެނދުނު އަމިއްލަ ޖެޓްގައި އޭނާ ގައުމަށް ދިޔައީ އާއިލާ ވެސް ގޮވައިގެންނެވެ. މެސީ އާޖެންޓީނާގައި ޗުއްޓީ ހޭދަކުރާނީ އޭނާގެ އުފަން ހިސާބު ކަމަށްވާ ރޮސާރިއޯގައެވެ.

އާޖެންޓީނާގެ ޓީމު ހާއްސަ ފްލައިޓެއްގައި އިއްޔެ ގައުމަށް ދިއުމުން ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ. ނަމަވެސް ގިނަ ކުޅުންތެރިން ފައިނަލް މެޗަށްފަހު އެމެރިކާއިން މިސްރާބު ޖެހީ އެކި މަންޒިލްތަކަށެވެ. ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ ސްޕޭން އަތުން އިތުރު ވަގުތުގައި 1-0 އިން ބަލިވި އާޖެންޓީނާގެ ކުޅުންތެރިންގެ ތެރެއިން ޓީމާއެކު ގައުމަށް ނުދާ ކުޅުންތެރިންނަކީ މެޗުގައި ރަތްކާޑު ދެއްކި އެންޒޯ ފެނާންޑޭޒް، ލައުޓާރޯ މާޓިނޭޒް، ހޫލިއަން އަލްވަރޭޒް، ޖަރޮނީމޯ ރުއްލީ، ނިކޯ ޕަޒް، ކްރިސްޓިއަން ރޮމޭރޯ، މޮލީނާ އަދި ހުއާން މޫސޯއެވެ. މެސީއާއެކު އެމެރިކާގެ އިންޓަ މިއާމީއަށް ކުޅޭ ރޮޑްރީގޯ ޑިޕޯލް އާއި މެސީ ކުލަބާ ކުޅޭނީ ޗުއްޓީ ހޭދަކުރުމަށްފަހުގައެވެ.

އާޖެންޓީނާގެ ސަރުކާރުން ވަނީ ޓީމަށް މަރުހަބާ ކިއުމަށް މާބޮޑު ރަސްމިއްޔާތެއް ނުބާއްވަން ނިންމައިފައެވެ. ނަމަވެސް ކުޅުންތެރިން ނިންމާ ދުވަހެއްގައި ސަރުކާރު ބަންދުކޮށް ސަޕޯޓަރުންނާއެކު އުފާފާޅު ކުރާނެ ދުވަހެއް ހަމަޖެއްސުމަށް ވަނީ ރާވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.