މީޑިއާ ވިލެޖުގެ ފިނިޝިން މަސައްކަތް ބާރު ސްޕީޑުގައި؛ މި މަހު ނިންމަނީ

މީޑިއާ ވިލެޖުގެ ފިނިޝިން މަސައްކަތް ބާރު ސްޕީޑުގައި؛ މި މަހު ނިންމަނީ

Author
އަހުމަދު
14 ޖުލައި 2026 02:11
0

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "މެންހެޓަން ގްރޭންޑް ހޮޓެލް"ގެ ގްރައުންޑް ފްލޯގައި ގާއިމުކުރާ މީޑިއާ ވިލެޖުގެ މަސައްކަތް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެޗްޑީސީން ބުނީ ފަސް ތަރީގެ އެ ހޮޓަލުގެ ގްރައުންޑް ފްލޯގައި ތަރައްގީކުރާ މީޑިއާ ވިލެޖުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ހުރި ހުރިހާ މަސައްކަތެއް އެއްކޮށް ނިންމުމަށް އަމާޒުހިފައި، މުވައްޒަފުންގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

އަމިއްލަ މީޑިއާތަކަށް އޮފީސް ޖާގައާއި ސްޓޫޑިއޯ ހިންގޭނެ ފުރިހަމަ ވަސީލަތްތައް ވަރަށް ކުޑަ އަގެއްގައި ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދެކެވެ. 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ މީޑިއާ ވިލެޖު ގާއިމުކުރައްވާނީ އެސްޓީއޯ ހޮޓެލްގައި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާރު އެ މަޝްރޫއު ކުރިއަށްދަނީ "މެންހެޓަން ގްރޭންޑް ހޮޓެލް"ގަ އެވެ.

މީޑިއާ ވިލެޖު ހުޅުވުމާއެކު، އަމިއްލަ މީޑިއާތަކަށް ބޭނުންވާ ސްޓޫޑިއޯތަކާއި އޮފީސް ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.