އަންނަ ޖެނުއަރީގެ ނިޔަލަށް މުޅި ރާއްޖެއަށް އާރްޓީއެލް ފެރީގެ ޚިދުމަތް

އަންނަ ޖެނުއަރީގެ ނިޔަލަށް މުޅި ރާއްޖެއަށް އާރްޓީއެލް ފެރީގެ ޚިދުމަތް

Author
އަހުމަދު
29 ޖޫން 2026 11:33
0

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ސަރުކާރުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ކަނޑައެޅިފައިވާ ތާރީޚުތަކަށް މަޝްރޫޢުތައް ނިންމުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައެވެ. މިގޮތުން، ޚާއްޞަ އިސްކަމެއް ދީގެން މުޅި ރާއްޖެއަށް އާރްޓީއެލް ވިއުގަ ގުޅާލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަވަސްކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ކެމިކަލް ރައްކާކުރާ ގުދަންތަކުގައި ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން މުހިންމު ނިންމުމެއްވެސް ވަނީ ނިންމާފައެވެ. އެގޮތުން މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައިވެސް ކެމިކަލް ގުދަންކުރުމުގެ ހުއްދަ ދެން ދޫކުރާނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރުގައިވާ ރައްކާތެރި ހިސާބުތަކުގައި ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މުޅި ރާއްޖެއަށް އާރްޓީއެލް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާއިރު، އެމްޓީސީސީ މެދުވެރިކޮށް މިހާރުވެސް އަންނަނީ ރާއްޖޭގެ 12 އަތޮޅެއްގައި މި ޚިދުމަތް ފޯރުކޮށްދެމުންނެވެ. އާރްޓީއެލް ފެރީގެ ޚިދުމަތް އެންމެ ފަހުން ތަޢާރަފުކޮށްފައިވަނީ ލ. އަތޮޅުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.