ސުވަރުގެ ދިއުމުގެ މަގަކީ ތަކުލީފުތަކާއި، އުނދަގޫތަކުން ފުރިފައިވާ މަގެއް: ޚުތުބާ

ސުވަރުގެ ދިއުމުގެ މަގަކީ ތަކުލީފުތަކާއި، އުނދަގޫތަކުން ފުރިފައިވާ މަގެއް: ޚުތުބާ

ގުޅުންހުރި

ސުވަރުގެ ދިއުމުގެ މަގަކީ ތަކުލީފުތަކާއި، އުނދަގޫތަކުން ފުރިފައިވާ މަގެއްކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.

ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކާއި ގުޅޭގޮތުން މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވާއިރު، ޚުތުބާގައި ސުވަރޭގޭގެ މަތިވެރިކަމާއި، މާތްކަން ބަޔާންކޮށް ދަލީލުތަކުން އެކަން ހާމަކޮށްދެއްވާފައެވެ. ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި މާތް ﷲ ތައްޔާރު ކުރައްވާފައިވާ ގަނޑުވަރުތަކަކީ އިންސާނަކު ދުވަހަކު ލޮލުން ނުދެކޭހައި ފުރިހަމަ ތަންތަނެއްކަމަށް ޚުތުބާއި ވިދާޅުވެފައިވެއެވެ. ވަޢުދު ކުރައްވާފައިވާ ސުވަރުގޭގެ މިސާލަކީ އެތާނގައި ތަޣައްޔަރު ނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތު ނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ.

އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުން ހުށްޓެވެ. ސުވަރުގެވަންތަވެރިންގެ ކާބޯތަކެއްޗަކީ، ލައްޒަތާއި މީރު ރަހަތަކާއި ހިތްހަމަޖެހުން، އެންމެ މަތީ ދަރަޖައަށް ލައްވާފައިވާ ތަކެއްޗެވެ.

– ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ސުވަރުގޭގައި ގާތްތިމާގެ މީހުންނާއި، ރަޙްމަތްތެރިންނާ ބައްދަލުވެ، ސުވަރުގެވަންތަވެރިން ތަންތަނަށް ޖަމާވެ، އުފަލުގައި، ވާހަކަ ދައްކައި އުޅޭވޭއިރު އެ
މީހުންގެ މެދުގައި އޮންނާނީ، ލޯތްބާއި، ކަމޭހިތުމާއި، އަޅައިލުން ކަމަށާއި ރުޅިވެރިކަމާއި، ޙަސަދަވެރިކަން ފަދަ ސިފަތަކުން އެމީހުން ވާނީ، ރައްކާތެރި ކުރައްވާފައިކަމަށް ޚުތުބާގައި ބުނެފައިވެފައިވެއެވެ.

މި ދުނިޔޭގެ ނިޢުމަތްތަކަކީ ވަގުތީ އެއްޗަކަށްވާއިރު އެއީ އަގެއް ނެތް، މަދު މިންވަރެއްކަމަށާއި، ރެއާއި ދުވާލު، ޙަރާމެއް، ޙަލާލެއް ބެލުމެއް ނެތި، ދީނީ ވާޖިބުތަކަށް ސަމާލުކަމެއް ނުދީ، މީސްތަކުން އަވަދިނެތި އުޅެނީ، ފަނާވަނިވި މި ދުނިޔޭގެ ވަގުތީ އަރާމާއި، ލައްޒަތު ހޯދުމަށްކަމަށް ބުނެފައިވެއެ. މިކަން ބަޔާން ކުރައްވައި، ކައުއިތުރު މާތް ނަބިއްޔާ ގެ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "މާތް ގަންދެއްވައި ޙަދީޘް ކުރައްވަމެވެ. އާޚިރަތް ދުވަހުގެ ނިސްބަތުން ދުނިޔޭގެ މިސާލަކީ، ތިޔަބައިމީހުން ކުރެ މީހަކު އޭނާގެ އިނގިލި، ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ލުމަށް ފަހު، އެ އިނގިލި ނެގުމުން އިނގިލީގައި ހަރުލާފައި ހުންނަ ފެންފޮދުގެ މިންވަރެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ހަމަކަށަވަރުން، ﷲ މުއުމިނުންގެ ކިބައިން އެއުރެންގެ ނަފްސު ތަކާއި، މުދާތައް، އެއުރެންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެއުރެން ﷲ ގެ މަގުގައި ހަނގުރާމަ ކުރެތެވެ. ފަހެ، އެއުރެން (ދުޝްމަނުން) ޤަތުލުކޮށް، އަދި އެއުރެން ޤަތުލުވެދެއެވެ. (އެއުރެންނަށް ސުވަރުގެ ހުރިކަމީ) ތައުރާތާއި، އިންޖީލާއި، ޤުރްއާނުގައި، އެކަލާނގެ ޒާތުފުޅުގެ މައްޗަށް ޙައްޤު ގޮތުގައި ކުރައްވާފައިވާ ވަޢުދެކެވެ. އަދި ޢަހުދު ފުއްދުމުގައި، ﷲ އަށް ވުރެ އަދާކޮށް، ޒަކާތް ފުއްދުންތެރިކަން ބޮޑީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ވިއްކި ވިއްކުމާ މެދު އުފާކުރާހުށިކަމެވެ! ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ.

– ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ސުވަރުގޭގެ ނިޢުމަތްތައް ލިބޭނީ ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާ މީހުންނަށްކަމަށާއި، ﷲ އަށް ބިރުވެތިވެ، މާތް ނަބިއްޔާ އަށް ތަބާވާ މީހުންނަށްކަމަށް ބުނެފައިވެއެވެ. މައިންބަފައިންނަށް އިޙްސާންތެރިވެ، ފަރުޟު ފަސް ނަމާދު ރޯދަ ހިފައި، ޞާލިޙު ޢަމަލު ކުރާ މީހުންނަށާއި، ސުވަރުގެ ވަނުމަށް އޮތް މަގަކީ ކިތައްމެ އުނދަގޫ މަގެއް ކަމުގައި ވިޔަސް، މުއުމިނު އަޅާއަށް ދިމާވާ ހުރަސްތައް، އޭނާ ގިރާކުރާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ވަނީ ﷲ ގެ ރަޙްމަތަށް އުއްމީދު ކުރުމަށް ގޮވާލާފައެވެ. ސުވަރުގެ ވައްދަވާ މީހުންގެ ތެރެއިން އެންމެ ގިނަވާނީ މުޙައްމަދުގެފާނުގެ އުއްމަތުގެ މީހުން ކަމުގައި، ކީރި ރަސޫލާ ކުރެއްވުމަކީ، ސުވަރުގެ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ލިބޭ ހިތްވަރަކަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ