ބަޖެޓުގައި އަންދާޒާކުރި ވަރަށް ވުރެ އިތުރަށް ދައުލަތަށް ހިލޭ އެހީ ލިބިއްޖެ

ބަޖެޓުގައި އަންދާޒާކުރި ވަރަށް ވުރެ އިތުރަށް ދައުލަތަށް ހިލޭ އެހީ ލިބިއްޖެ

Author
އަހުމަދު
20 ޖޫން 2026 04:00
0

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި އަދަދަށް ވުރެ އިތުރަށް މިހާރު ފައިސާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި، މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ވަނީ 393.6 މިލިއަން ރުފިޔާ ލިބިފައެވެ. މިއަހަރަށް ފާސްކުރި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައި އޮތީ 373.6 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ އަންދާޒާކުރި ވަރަށްވުރެ ބޮޑު ކުރިއެރުމެކެވެ. ފާއިތުވި އަހަރުގެ ހަމަ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 128.7 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 19 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ. މުޅި އާމްދަނީއާއި ހިލޭ އެހީގެ އަދަދުތައްވެސް މިވަނީ މިދިޔަ އަހަރަށްވުރެ ރަނގަޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.