ނަޝީދުގެ ކާމިޔާބީއާއެކު ފައްޔާޒު: މިއީ ރާއްޖެއަށް "ބޮޑު ބަދަލު" އައުމުގެ ފެށުން

ނަޝީދުގެ ކާމިޔާބީއާއެކު ފައްޔާޒު: މިއީ ރާއްޖެއަށް "ބޮޑު ބަދަލު" އައުމުގެ ފެށުން

Author
އަހުމަދު
12 ޖޫން 2026 10:57
0

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގަތުމާއެކު، ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފެށިއްޖެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބޮޑު ތަފާތަކުން މީކާއިލް ނަސީމް ބަލިކުރައްވައި ނަޝީދު މި އިންތިހާބު ކާމިޔާބުކުރެއްވީ "ބޮޑު ބަދަލު" ސްލޯގަންގެ ދަށުންނެވެ. މި ކާމިޔާބީއާ ގުޅިގެން ފައްޔާޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމްޑީޕީގެ ލަޝްކަރު ރުކުރުވާލެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވަމުން އޭނާ ވިދާޅުވީ، ދެން އޮތް އެންމެ މުހިންމު މަސައްކަތަކީ އެންމެން އެކުގައި ނުކުމެ ބަދަހި ސަފުތަކަކާއެކު މިހާރު އޮތް ސަރުކާރު ބަލިކުރުން ކަމަށެވެ.

ނަޝީދުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް ފައްޔާޒާއި ނަޝީދު ގުޅިގެން އިއުލާނުކުރައްވާފައިވާ "ބޮޑު ބަދަލު" ގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒު ނެރުއްވައި، ޕާޓީއަށް އަލުން ވެރިކަން ހޯދައިދިނުމެވެ. މި ބަދަލުގެ ތެރެއިން ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރު ހިންގާ ވެރިޔާ އަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ތަފާތު ދެ މަގާމަކަށް ހެދުމަށް ވަނީ ރާވައިފަ އެވެ. މިގޮތަށް ނިޒާމު ބަދަލުކޮށް، ސަރުކާރު ހިންގުމާ ފައްޔާޒު ހަވާލުވެވަޑައިގަންނަވާއިރު، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ޝައުގުވެރިކަން ހުރިކަން ނަޝީދު ވަނީ މީގެ ކުރިން ހާމަކުރައްވައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.