ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ޒުވާނުން ތަމްރީނުތަކަށް ފުރައިފި

ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ޒުވާނުން ތަމްރީނުތަކަށް ފުރައިފި

Author
އަހުމަދު
08 ޖޫން 2026 05:00
0

ދިވެހި ވަތަނީ ޚިދުމަތުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް ޓްރޭނިންގގެ ތިންވަނަ ބެޗުގެ ބައިވެރިން ތަމްރީނުތައް ފުރިހަމަކުރުމަށް ފުރައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވަތަނީ ޚިދުމަތަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި 1،785 ޒުވާނުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ 352 ބައިވެރިންނާއެކު ތިންވަނަ ބެޗުގެ ދަތުރު މިހާރު ފަށާފައިވާ ކަމަށެވެ. މި ބެޗުގައި މުޅި ރާއްޖޭގެ 20 އަތޮޅެއްގެ 115 ރަށަކަށް ނިސްބަތްވާ 64 އަންހެން ޒުވާނުންނާއި 288 ފިރިހެން ޒުވާނުން ހިމެނެއެވެ.

އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ މި ޒުވާނުންގެ ތަމްރީނުތައް ކުރިއަށްދާނީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ. ޤައުމީ މި މުހިންމު ޚިދުމަތަށް ނުކުތް ހުރިހާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސާބިތުކަމާއެކު ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.