ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުން ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް ނެތް

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުން ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް ނެތް

Author
އަހުމަދު
08 ޖޫން 2026 07:53
0

ފިލިޕީންސްގެ މިންޑަނާއޯއަށް ރޭ ފަތިހު އައި 8.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި، ވެރިރަށް މާލެއާ 5723 ކިލޯމީޓަރު ދުރުން އައި މި ބިންހެލުމުގެ ސަބަބުން އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތެވެ. ނަމަވެސް، މި ބާރުގަދަ ބިންހެލުމާ ގުޅިގެން އޭޝިއާގެ ބައެއް ގައުމުތަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.

އެގޮތުން ފިލިޕީންސްގެ އިތުރުން އިންޑޮނޭޝިއާ އަދި ޖަޕާނުގެ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ ސުނާމީގެ ނުރައްކާ އޮތްކަމަށް ބުނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި މި ބިންހެލުމުގެ ބާރުގަދަކަމުން ފިލިޕީންސާއި އެ ސަރަހައްދާ ކައިރި ގައުމުތަކުގެ ކަނޑުގެ ލޮނުގަނޑަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާކަމަށް ވެސް އެ ގައުމުތަކުގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.