ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ އިސް މަގާމަކަށް

ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ އިސް މަގާމަކަށް

Author
އަހުމަދު
05 ޖޫން 2026 04:06
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނާޒިމް އައްޔަންކުރައްވާފައިވަނީ "ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ" ގެ މަގާމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ނާޒިމް، 30 ސެޕްޓެމްބަރ 2024 ގައި ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިންވެސް މި ސަރުކާރުގައި ރައީސް އޮފީހުގެ އިސް މަގާމެއް ފުރުއްވާފައިވެއެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރިފަރެންޑަމްގައި ސަރުކާރަށް ލިބުނު ދަށް ނަތީޖާއާ ގުޅިގެން ރައީސް ގެންނެވި ކެބިނެޓް ބަދަލުތަކުގެ ތެރެއިން، އޭޕްރީލް 14 ގައި ނާޒިމް ވަނީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ކެބިނެޓަށް ގެނައި ބަދަލުތަކާއެކު އިސްތިއުފާ ދެއްވި ބައެއް ވަޒީރުން މިހާރު ދަނީ އެހެން މަގާމުތަކަށް އައްޔަންކުރައްވަމުންނެވެ. މިގޮތުން ލޯކަލް ގަވަރމަންޓް މިނިސްޓަރުކަމުގައި ހުންނެވި އާދަމް ޝަރީފް ޤަތަރުގެ ސަފީރުކަމަށް، އަދި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ޔޫއޭއީގެ ސަފީރުކަމަށް ވަނީ ނޮމިނޭޓްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.