ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ސޯބެގެ ކެމްޕޭން ނިންމުމަށް އިބޫއާއި ނަޝީދު އައްޑޫއަށް ވަޑައިގަންނަވާނެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ސޯބެގެ ކެމްޕޭން ނިންމުމަށް އިބޫއާއި ނަޝީދު އައްޑޫއަށް ވަޑައިގަންނަވާނެ

Author
އަހުމަދު
03 ޖޫން 2026 09:12
0

އެމްޑީޕީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) ގެ ކެމްޕޭން ނިންމާ ޖަލްސާގައި ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މާދަމާ ރޭ ހިތަދޫ ސްކޫލްގައި ބާއްވާ މި ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު މިރޭ އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ. އަދި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. ޕްރައިމަރީއަކާ ނުލައި ސޯބެއަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފައިވާއިރު، އޭނާ އެ ގޮނޑިއަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވި ހިސާބުން ފެށިގެން ދެ ރައީސުން ވެސް ވަނީ ސޯބެއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި ބައި-އިލެކްޝަންގައި ސޯބެއާ ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ. މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، ކުރިން އެ ގޮނޑީގައި އިންނެވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައަކާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެހެންކަމުން މި އިންތިޚާބަކީ ދެ ޕާޓީއަށް ވެސް މުހިންމު އިންތިޚާބަކަށް ވެފައިވާއިރު، ކެމްޕޭނުގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.