ނިމިދިޔަ ބޮޑު އީދު ބަންދާ ދިމާކޮށް، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތައް ޕްލޭންކުރި ވަރަށްވުރެ 21 އިންސައްތަ އިތުރުވެއްޖެއެވެ.
ކޮންމެ އަހަރަކުވެސް އީދު ބަންދަކީ ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުވާ ދުވަސްވަރަކަށް ވުމާއެކު، އީދު ފާހަގަކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. މޯލްޑިވިއަންގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މި ބޮޑު ޑިމާންޑާ ގުޅިގެން ތާވަލުކުރެވިފައިވާ ދަތުރުތަކުގެ އިތުރުން 200 އަށްވުރެ ގިނަ ދަތުރު އީދު ބަންދުގައި ވަނީ ކޮށްފައެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ މަހުގެ 17 އިން ފެށިގެން މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވިއަންއިން ޖުމްލަ 1،227 ފްލައިޓް މޫވްމަންޓް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1،014 ތާވަލު ދަތުރާއި، އިތުރަށް އެޅުނު 213 ފްލައިޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަތުރުތަކަށް އައިސްފައިވާ ވަރަށް ބޮޑު އިތުރުވުމެކެވެ.
ކޮމެންޓު ފޮނުވާ