ފުވައްމުލަކުގައި ހިންގި ޑްރަގު ކެފޭއެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި

ފުވައްމުލަކުގައި ހިންގި ޑްރަގު ކެފޭއެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި

Author
އަހުމަދު
29 މެއި 2026 06:03
0

ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް 85 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ އިތުރުން އެތަކެތި ބޭނުންކުރުމަށް ޚާއްސަކޮށްގެން ހިންގަމުންދިޔައީ ފުވައްމުލަކު ފުނާޑު، ގުލިސްތާނުގޭގައި ހަދާފައިވާ ބައެއްގައެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މިފަދަ ތަނެއް އަތުލައިގަނެ ބަންދުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑްރަގު ކެފޭއެއް ބަންދުކުރުމަށް ފުވައްމުލައް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މި އަމުރު ތަންފީޒުކުރަން ފަށާފައިވާއިރު، އަމުރުގެ މުއްދަތުގައި ހުއްދަނެތި އެތަނަށް ވަދެނުކުމެ އުޅުމަކީ ކުށެކެވެ. ފުލުހުން ވަނީ ހުއްދައާ ނުލައި އެތަނަށް ވަންނަ ފަރާތްތަކާއި، އެތަނަށް އެއްވެސް ގެއްލުމެއް ދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.