ޑަބްލިޔުޑީސީގެ މުސާރައަށް ގެނައި ބަދަލާއެކު އަމާޒުވި ފާޑުކިޔުންތަކަށް އެލްޖީއޭގެ ސީއީއޯ ރައްދުދެއްވައިފި

ޑަބްލިޔުޑީސީގެ މުސާރައަށް ގެނައި ބަދަލާއެކު އަމާޒުވި ފާޑުކިޔުންތަކަށް އެލްޖީއޭގެ ސީއީއޯ ރައްދުދެއްވައިފި

Author
އަހުމަދު
22 މެއި 2026 09:33
0

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ ރައީސާއިންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލް ރައްދުދެއްވައިފިއެވެ.

ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް 41,000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް 21,000 ރުފިޔާ ދިނުމަށެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން ފަހުން ވަނީ ސިޓީތަކުގެ ރައީސުންނަށް މަހަކު 20،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް މަހަކު 15،000 ރުފިޔާ ދިނުމަށް ބަދަލުގެނެސްފައެވެ. މީގެ އިތުރުން ސިޓީތަކުގެ ނައިބު ރައީސުންނަށް 7،000 ރުފިޔާ އަދި ރަށްރަށުގެ ނައިބު ރައީސުންނަށް 6،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ކޮމިޓީ މެންބަރުންގެ އެލަވަންސްވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ސިޓީތަކުގެ މެމްބަރުންނަށް 6000 ރުފިޔާ އަދި ރަށްރަށުގެ މެމްބަރުންނަށް 5000 ރުފިޔާ ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.

މުސާރަތަކަށް ގެނައި މި ބަދަލުތައް ކަށަވަރުކޮށްދެއްވަމުން ނިމާލް ވިދާޅުވީ، ޑަބްލިޔުޑީސީގެ ރައީސާއިންގެ ވަޒީފާއަކީ ފާއިތުވި ދައުރުތަކާ ޚިލާފަށް މިހާރު ފުލްޓައިމް ވަޒީފާއެއް ކަމަށާއި، އެހެންކަމުން ސިވިލް ސަރވިސްގެ އެހެން ވަޒީފާއެއް އެކަނބަލުންނަށް އަދާނުކުރެވޭނެ ކަމަށެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އާ ބާބެއްކަން ފާހަގަކުރައްވަމުން ނިމާލް ވިދާޅުވީ، މީގެ ކުރިން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޑަބްލިޔުޑީސީ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ވެސް ލިބޭނެގޮތް ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.