ވ. އަތޮޅުން ގެއްލުނު 5 ފަތުރުވެރިންގެ ތެރެއިން ފެނުނީ އެކަކު، އަނެއް 4 މީހުން ހޯދަނީ

ވ. އަތޮޅުން ގެއްލުނު 5 ފަތުރުވެރިންގެ ތެރެއިން ފެނުނީ އެކަކު، އަނެއް 4 މީހުން ހޯދަނީ

Author
އަހުމަދު
14 މެއި 2026 08:58
0

ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެކަކު ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މީގެ ކުރިން މި ފަސް މީހުން ވެސް މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެވިފައިވީ ނަމަވެސް، ފަހުން ފުލުހުން ވަނީ އެއީ މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ފަރާތްތަކަށް އެރި އޮޅުމަކުން ދެވުނު މައުލޫމާތެއްކަން ކަށަވަރުކޮށްދީފައެވެ.

މި ހާދިސާގައި މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 13:45 ހާއިރުއެވެ. މިހާރު ނުފެނިވާ އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުން ގުޅިގެން މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ. އަދި މި ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.