ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 13:45 ހާއިރުއެވެ. އެންމެ ފުރަތަމަ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލުނު ފަސް މީހުން ފެނިފައިވާއިރު، އެ އެންމެންވެސް ވަނީ ނިޔާވެފައެވެ.
ނަމަވެސް ފަހުން ފުލުހުން ވަނީ އެއީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންނަށް އެރި އޮޅުމަކުން ހިއްސާކުރެވުނު މައުލޫމާތެއްކަން ހާމަކޮށްފައެވެ. ފުލުހުން މިހާރު ކަށަވަރުކޮށްދޭ ގޮތުގައި މިހާތަނަށް ފެނިފައިވަނީ އޭގެ ތެރެއިން އެންމެ މީހެކެވެ. އަދި ނުފެނިވާ އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ