ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް ފުލުހުން އަތުލައިގަނެފި

ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް ފުލުހުން އަތުލައިގަނެފި

Author
އަހުމަދު
14 މެއި 2026 08:57
0

ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް، ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގަނެފިއެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގި މި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން މާލޭގެ ގަލޮޅުގައި ހުރި ގެއަކާއި، ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި އެޕާޓްމަންޓެއްގެ އިތުރުން ވޭނެއް ފުލުހުން ވަނީ ފާސްކޮށްފައެވެ.

މި ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ޖުމްލަ 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓު ފެނިފައިވާއިރު، މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިކަމުގައި ޝާމިލުވާ ވޭން ވެސް ފުލުހުން ވަނީ ޓޯކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.