ޑަބްލިއުޑީސީ އިންތިޚާބުން ނާކާމިޔާބުވި އަލައިކާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

ޑަބްލިއުޑީސީ އިންތިޚާބުން ނާކާމިޔާބުވި އަލައިކާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

Author
އަހުމަދު
12 މެއި 2026 03:59
0

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އާޝިޔަތު އަލައިކާ އައްޔަންކުރައްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަލައިކާ އެ މަގާމަށް އައްޔަންކުރެއްވި ނަމަވެސް ސަރުކާރުން އަދި މިކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭނާއަށް މި އިސް މަގާމު ދެއްވާފައި މިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އަލައިކާއަކީ މިދިޔަ މަހު ބޭއްވި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސްކަމަށް ސަރުކާރު ކޯލިޝަންގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ. އެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ރީޝާއާ ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިގެން ދިޔައިރު، އަލައިކާގެ މައްޗަށް ކުރިހޯއްދަވައި އެ ގޮނޑި ކާމިޔާބުކުރެއްވީ ރީޝާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.