ބްލެކްމެއިލްކޮށް އޮރިޔާން ކާޑު ހެދި އަންހެނަކު 6 އަހަރަށް ޖަލަށް

ބްލެކްމެއިލްކޮށް އޮރިޔާން ކާޑު ހެދި އަންހެނަކު 6 އަހަރަށް ޖަލަށް

Author
އަހުމަދު
12 މެއި 2026 03:57
0

ބްލެކްމެއިލް ކުރުމާއި އޮރިޔާން ކާޑު އުފެއްދުމުގެ ކުށް ސާބިތުވި އަންހެނަކު ހަ އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ މާލެ، ގ. ސައުތުބްރީޒް، އުމުރުން 43 އަހަރުގެ މަރްޔަމް ރިޔާސާގެ މައްޗަށެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި ހުކުމްކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ.

ޝަރީޢަތަށް ހުށަހެޅުނު ހެކިތަކާއި ދެފަރާތުގެ ޤާނޫނީ ބަހުސްތަކަށް ރިއާޔަތްކުރުމަށްފަހު، ކޯޓުން ނިންމާފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 35 ވަނަ މާއްދާއާއި 44 ވަނަ މާއްދާގެ ދަށުން ރިޔާސާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މިއީ ރާއްޖެއަކީ ކުށް މަދު އަދި ރައްކާތެރި އަމާން މުޖުތަމައަކަށް ހެދުމަށްޓަކައި އެ މުއައްސަސާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.