"ބިންވެރިޔާ" ސްކީމުގެ ކެޓަގަރީ 3 ގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

"ބިންވެރިޔާ" ސްކީމުގެ ކެޓަގަރީ 3 ގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
11 މެއި 2026 06:25
0

ސަރުކާރުން ކުރިއަށްގެންދާ "ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން ފްލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ސްކީމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު (10 މޭ 2026) ހެނދުނު 11:00 އިން ފެށިގެން މި މަހުގެ 31 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ. ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށް، 'ބޯހިޔާވަހިކަން' ޕޯޓަލް (boahiyaavahikan.housing.gov.mv) މެދުވެރިކޮށެވެ.

އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ކެޓަގަރީ 3 ގެ ދަށުން މިފަހަރު ކުރިމަތިލެވޭނީ 2022 ވަނަ އަހަރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ދޫކޮށް ފްލެޓަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށެވެ. އޭގެ އިތުރުން، ކުރިން ޖޮއިންޓްކޮށް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހުރިހާ ފަރާތްތަކުން އެއްބަސްވެ ގޯތި ދޫކޮށްލުމަށްފަހު، ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދެން ބޭނުންވާ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ތެރެއިން ފޯމު ހުށަހެޅޭނެއެވެ.

މިއީ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް އެމީހުންގެ ބޯހިޔާވަހިކަމުގެ ބޭނުންތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ފަހިކޮށްދިން މުހިންމު ފުރުސަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.