ދިވެހި ޙައްޖުވެރިންނަށް ޚާއްސަ މައްކާ ހޮޓެލް މަރާމާތުކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ދިވެހި ޙައްޖުވެރިންނަށް ޚާއްސަ މައްކާ ހޮޓެލް މަރާމާތުކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

Author
އަހުމަދު
10 މެއި 2026 06:30
0

ދިވެހި ޙައްޖުވެރިންނާއި އުމްރާވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މައްކާގައި ހިފާފައިވާ ހޮޓެލްގެ އާބާތުރަފިލުވައި ޒަމާނީ ބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލުތައް ގެނެސްފައިވަނީ ނިމިދިޔަ ރަމަޟާން މަހުގެ އުމްރާ ދަތުރުތަކަށްފަހު، ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ހޮޓަލުގެ ވެރިފަރާތުގައި އެދިވަޑައިގެންނެވި ގޮތުގެ މަތިންނެވެ. އެގޮތުން، އެ ހޮޓެލްގައި ހިމެނޭ ޖުމްލަ 355 ކޮޓަރިއަށް ވަނީ އެކިވަރުގެ ބަދަލުތައް ގެނެސްފައެވެ. މީގެ ތެރޭގައި ހުރިހާ ކޮޓަރިތަކެއްގެ ކާޕެޓާއި، އެނދާއި މޭޒު އައުކުރުމުގެ އިތުރުން ފާޚާނާތަކުގެ ޓައިލްސް ބަދަލުކުރުން ހިމެނޭކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

ކޮޓަރިތަކުގެ އިތުރުން ހޮޓެލްގެ އާންމު ސަރަޙައްދުތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. ލޮބީ އޭރިއާގައި ޙާޖީން އަރާމުކޮށްލައިގެން ތިބުމަށް އައު ސޯފާތައް ބަހައްޓާފައިވާއިރު، ދީނީ ނަސޭހަތާއި އެކިއެކި އިރުޝާދުތައް ދިނުމަށްޓަކައި ޚާއްސަ ކޮންފަރެންސް ހޯލެއްވެސް މިހާރު ވަނީ އެތަނުގައި ޤާއިމުކޮށްފައެވެ. މި މުހިންމު ބަދަލުތަކާއެކު ކުރިއަށް އޮތް ތަނުގައި ދިވެހި ޙައްޖުވެރިންނަށް އިތުރު ފަސޭހަތަކަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.