އިންޖީނު ހުއްޓިގެން ކުޑަގިރި ފެރީ ތޮށިގަނޑަށް އަރައި ބަޔަކަށް އަނިޔާވެއްޖެ

އިންޖީނު ހުއްޓިގެން ކުޑަގިރި ފެރީ ތޮށިގަނޑަށް އަރައި ބަޔަކަށް އަނިޔާވެއްޖެ

Author
އަހުމަދު
08 މެއި 2026 11:36
0

މާލެ އަތޮޅު ކުޑަގިރިއަށް ދަތުރުކުރަމުން ދިޔަ ފެރީއެއް އެކްސިޑެންޓްވެ، އޭގައި ތިބި ބަޔަކަށް މިއަދު އަނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު ހެނދުނު ހިނގި މި ހާދިސާ މެދުވެރިވީ ފެރީގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ނުކުރެވި ގޮސް އެރަށު ތޮށިގަނޑުގައި ޖެހުމުގެ ސަބަބުންނެވެ. ނަމަވެސް މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވި ކަމަށް ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، އެމީހުންނަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.