ތެލެސީމިއާ އާއިލާތަކަށް އެހީތެރިވުމަކީ ބަދަހި މުޖުތަމަޢުއެއް ބިނާކުރުމުގެ އަސާސް: ރައީސް

ތެލެސީމިއާ އާއިލާތަކަށް އެހީތެރިވުމަކީ ބަދަހި މުޖުތަމަޢުއެއް ބިނާކުރުމުގެ އަސާސް: ރައީސް

Author
އަހުމަދު
08 މެއި 2026 02:27
0

ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން، ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް އޯގާތެރިކަމާއެކު އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހާ ގުޅިގެން މީސްމީޑިއާގެ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ތެލެސީމިއާ ދުވަހަކީ އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ހަނދާންކޮށްދީ ދަސްކޮށްދޭ ދުވަހެއް ކަމަށެވެ. އަދި ބަދަހި ގައުމެއް ބިނާކުރެވޭނީ ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށްވެސް މުޖުތަމަޢުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދިނުމަކީ ސަރުކާރުން އަދާކުރާ ވަރަށް މުހިންމު ޒިންމާއެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ އެކަމަނާގެ ޝުއޫރު ފާޅުކުރައްވާފައެވެ. 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ބަލިމީހުންނާމެދު މުޖުތަމަޢުގެ އެންމެން ބަހައްޓާ އޯގާތެރިކަމާއި ބުނާ ހެޔޮބަސްތަކަކީ އެމީހުންނަށް ދެވޭ ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.