ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ޗެނަލް އަށް ކުނި ވަނުން ހުއްޓުވުމުގެ ގޮތުން އެ ސަރަހައްދުގައި ދާ ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
އޮއިވަރާއެކު މި ޗެނަލްގެ ތެރެއަށް ގިނަ އަދަދެއްގެ ކުނި ޖަމާވުމަކީ އާންމުކޮށް ދިމާވާ މައްސަލައަކަށް ވާއިރު، އަލަށް މި ފެށި މަސައްކަތާއެކު އެކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އެޗްޑީސީން ފާހަގަކުރާ ގޮތުގައި މިއީ އެ ސަރަހައްދު ސާފުތާހިރުކޮށް ބޭއްވުމަށާއި، ތަނުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި ކުރެވެމުންދާ ވަރަށް މުހިންމު މަސައްކަތެކެވެ.
ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ މި ޗެނަލްއަކީ ހިތްހަމަޖައްސާލުމަށާއި މޫދަށް އެރުމަށް އާންމުންގެ ގިނަ ބަޔަކު ޒިޔާރަތްކުރާ މަގުބޫލު ސަރަހައްދެކެވެ. މި ސަރަހައްދުގެ ދިރުންތައް މުއްސަނދިކަން ފާހަގަކުރެވޭއިރު، މިދިޔަ ހޯމަ ދުވަހު މި ޗެނަލްގެ ތެރެއަށް ކޯމަސް އައިނެއް ވަދެފައިވެއެވެ. އަދި އެ ހިތްގައިމު މަންޒަރު ބަލާލުމަށްޓަކައި އެވަގުތު ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައިވެއެވެ.
ކޮމެންޓު ފޮނުވާ