ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ދެ މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޝިފުލް (40އ) އާއި ސަޖިބް (32އ) އެވެ. މި ދެ މީހުން ރާއްޖެއަށް މަސްތުވާތަކެއްޗާއި މަނާބޭސް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) އެމީހުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިންނެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1105 ގުރާމް ހުއްޓެވެ. މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، ކްރިމިނަލް ކޯޓުން މިހާރު ވަނީ މި ދެ މީހުންގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޮމެންޓު ފޮނުވާ