ޖޫސްޕެޓީ ކޮތަޅެއްގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު ގދ. ނަޑެއްލާއިން ހައްޔަރުކޮށްފި

ޖޫސްޕެޓީ ކޮތަޅެއްގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު ގދ. ނަޑެއްލާއިން ހައްޔަރުކޮށްފި

Author
އަހުމަދު
07 މެއި 2026 10:52
0

ގދ. ނަޑެއްލާގައި މަސްތުވާތަކެތި ވިއްކަން އުޅުނު 29 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މި މެއި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެރަށު ބަނދަރު ސަރަހައްދުން ހައްޔަރުކޮށްފައިވަނީ ގދ. ނަޑެއްލާ، ދުބުރިމާގެ، އަޙްމަދު ޒާހިމް އެވެ. ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށްގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.