ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Author
އަހުމަދު
06 މެއި 2026 02:59
0

ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން މިއަދު ނައްތާލައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަދު ނައްތާލާފައިވަނީ ޖުމްލަ 11 ފުޅި ބަނގުރަލާއި 69 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ކައްދޫ އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އެފަދަ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި ޚާއްސަކޮށް އެކުލަވާލާފައިވާ ކޮމިޓީގެ ފުރިހަމަ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.