ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް ކުރީގެ މެމްބަރު އަބްދުﷲ ވަޙީދު

ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް ކުރީގެ މެމްބަރު އަބްދުﷲ ވަޙީދު

Author
އަހުމަދު
05 މެއި 2026 01:03
0

އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެ މަނިކުފާނުގެ ކެމްޕޭން ތަރިޖަމާނަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަޙީދު ހަމަޖައްސަވައިފިއެވެ.

މި ކަން ހާމަކުރެއްވީ ނަޝީދު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޙީދަކީ އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސްކަމުގެ އިތުރުން ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރެއް ވެސް މެއެވެ.

ވަޙީދު ކެމްޕޭން ތަރުޖަމާނަކަށް ހަމަޖެހިގެން ދިޔައިރު، ބޮޑު ތިލަދުންމަތީގެ ތަޢުލީމެއްދިން ގިނަ ބަޔަކު ނަޝީދުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހިމެނިވަޑައިގަންނަވައެވެ.

ހަމައެހެންމެ، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް، އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާޢު، އަދި ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ތާއީދު ކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދަށެވެ. މި ތިން ބޭފުޅުންނަކީ ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ޓީމުގެ ބޭފުޅުންކަމަށް ވާތީ، ހީކުރެވެނީ ޞާލިޙްގެ ނުފޫޒު ވެސް މި ތާއީދުގެ ފަހަތުގައި ވާ ކަމަށެވެ.

ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ޢަބްދުﷲ ފެންނަނީ ޕާޓީގެ މިހާރުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ޓީމު ފަރާތުން ކަމަށްވާތީ، ޗެއަރޕާސަން ރޭހުގައި ވަކި ކެންޑިޑޭޓަކަށް އޭނާ ތާއީދު ކުރެއްވިކަން ކަށަވަރެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.