އެންސްޕާގެ އާ ސީއީއޯގެ މަގާމަށް އާމިނަތު ޝިރްނާ އައްޔަންކުރައްވައިފި

އެންސްޕާގެ އާ ސީއީއޯގެ މަގާމަށް އާމިނަތު ޝިރްނާ އައްޔަންކުރައްވައިފި

Author
އަހުމަދު
04 މެއި 2026 08:59
0

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގުމުގެ އެންމެ އިސްވެރިޔާ ނުވަތަ ސީއީއޯގެ މަގާމަށް އާމިނަތު ޝިރްނާ އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް ޝިރްނާ ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. އޭނާ އެންސްޕާގެ ސީއީއޯގެ މަގާމަށް ހަމަޖެއްސެވުމާ ގުޅިގެން، ހެލްތު މިނިސްޓްރީން ވަނީ ޝިރްނާއަށް ހޫނު މަރުހަބާއެއް ކިޔައި، އާ މަގާމުގައި އިތުރު ކާމިޔާބީއަށް އެދިފައެވެ.

ޝިރްނާގެ ކުރިން އެންސްޕާގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދެވީ މިހާރުގެ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު އެންސްޕާގެ ސީއީއޯކަމަށް އައްޔަންކުރެއްވި ހީނާ، ހެރިޓޭޖް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އެހެންކަމުން އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރްނާ މި އައްޔަންކުރެއްވީ އެ މަގާމު ހުސްކޮށް އޮންނަތާ ދުވަސްކޮޅެއް ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.